ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތަކުގައި ފުލުހުން އެދުނީ ދޮގު މައުލޫމާތު ނުފެތުރުމަށް!

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މުޖުތަމައުގައި އާއްމުވަމުން އަންނަ އެއް މައްސަލަ ކަމަށްވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި، ސޯޝަލް މީޑިއާގައި ދޮގު މައުލޫމަތު ނުފެތުރުމަށް ފުލުހުން އެދިއްޖެ އެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، ގިނަ މައްސަލަތައް ފުލުހުން ބަލަން ފަށަނީ ސޯޝަލް މީޑިއާގައި އެކަމެއް އާއްމުވެ ކުރިމަތިވާ ޕްރެޝަރުގެ ސަބަބުންނެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އަނެއްކާވެސް ދެކެވުނު އެއް ވާހަކައަކީ ސްކޫލެއްގައި ކުދިންތަކަކަށް ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލައިގެ ވާހަކަ އެވެ. އޭގެ ތެރޭގައި ސީއެޗްއެސްސީގެ 12 ގެ ދަރިވަރަކާއި ގުޅޭގޮތުން ވާހަކަ ދެކެވި، އޭނާ އެކަމަށް އިއުތިރާފުވިކަމަށް ބުނާ ޗެޓުލޮގުތަކެއް ވެސް ދައުރުވި އެވެ. އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާއި އެ ސްކޫލުން ދަނީ ބަލަމުންނެވެ.

މަތީ ގްރޭޑުގައި ކިޔަވަމުން ދާ ތިން ދަރިވަރަކު، ހުޅުމާލޭގެ ސްކޫލެއްގެ ގްރޭޑު 04 ގައި ކިޔަވަމުން ދިޔަ ކުއްޖަކު ފާހަނާގެ ތެރެއަށް ވައްދައި ރޭޕް ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ. މިިއީ ހިނގިކަމެއް ތޯ ނުވަތަ ނޫންތޯ ފުލުހުންނާއި ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ޔަގީންކޮށްދީފައި ނުވާއިރު އެއީ ދޮގު ވާހަކަތަކެއްގެ ގޮތުގައި ވެސް ދެކެވުނެވެ.

ބެލެވޭ ގޮތުން ފުލުހުންގެ ޓްވީޓަކީ މިކަމަށް އަމާޒުކޮށް ކުރި ޓްވީޓެކެވެ. ފުލުހުން ބުނީ ޖިންސީ ގޯނާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުރެވޭ ބޮޑު ކުށެއް ކަމަށެވެ. އަދި މިފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރެވުމާއި އެކު ފުރިހަމައަށް މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއިން މަސައްކަތް ކުރާކަމަށް ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި ދެކޮޅަށް ފުލުހުންގެ އިދާރާއިން މަސައްކަތް ކުރަމުންދާނެކަމަށާއި ރައްޔިތުންގެ ސަލާމާތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިދާރާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންކަމުން ތަހުގީގަށް ހުރަސް އެޅޭފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި ދޮގު މައުލޫމާތު ނުފެތުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދޭކަމަށް ފުލުހުން ބުނި ނަމަވެސް، އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް ސީރިއަސް ގޮތެއްގައި ތަހުގީގު ނުކުރާ ވާހަކައާއި މަގުމަތީގައި ދިމާވާ ފުރައްސާރައިގެ އަމަލުތައް ރިޕޯޓު ކުރުމުން އެއީ ބެލޭނެ މައްސަލަތަކެއް ނޫންކަމަށް ބުނެ، އެކަން ފައިލް ނުކުރާކަން ފާހަގަ ކުރެވެ އެވެ.

ފާއިތުވި ދެ އަހަރެއްގެ ތެރޭގައި ފެންމަތިވި ޖިންސީ ގޯނާގެ ގިނަ މައްސަލަތަކުގެ ތަހުގީގު ހިންގައި، ކުށުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ މީޑިއާތަކާއި އާއްމުންގެ ފަރާތުން ކުރިމަތި ކުރުވި ޕްރެޝަރުގެ ސަަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: