ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ އަންހެންކުއްޖަކަށް ޖިންސީގޯނާކުރި ދެ ފިރިހެނަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ކުރި މުޒާހަރާ އެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދެ ފިރިހެނަކު ސައުތު ޕޮލިސް ޑިވިޒަނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދެ މީހުން ހައްޔަރުކޮށްފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

ފުލުހުން ބުނި ގއ އާއި ގދ އަތޮޅާއި އައްޑޫ ސިޓީ ހިމެނޭހެން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމްގައި ހުރި މީހަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް 12 އޭޕްރިލް ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަަމަށެވެ.

މައްސަލަ އާއި ގުޅިގެން އޭޕްރިލް 13 ވަނަ ދުވަހު ފުލުހުންވަނީ ކޯޓް އަމުރެއްގެ ދަށުން ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް 30 ދުވަސް ކޯޓުން ވަނީ ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: