ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާލަކު އެއް ލައްކަ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް ޖިންސީ ފުރައްސާރަކުރޭ

މެޓަގެ އިސްވެރިޔާ މާކް ޒަކަބާރގް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވާލަކު އެއްލައްކައާއި ގާތްކުރާ އަދަދެއްގެ ކުޑަކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް ޖިންސީ ފުރައްސާރަކުރާކަމަށް އެ އެޕްލިކޭޝަންތަކުގެ މައި ކުންފުނި މެޓައިން ހިއްސާކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ފޭސްބުކްގެ މައި ކުންފުނި މެޓައިންވަނީ އެ ކުންފުނީގެ ސޯޝަލްމީޑިއާ ޕްލެޓުފޯރމްތައް މެދުވެރިކޮށް ޖިންސީ ފުރައްސާރަކުރާ މިންގަނޑުތައް ހިއްސާކޮށްފައެވެ. އެގޮތުން އިންސްޓަގްރާމާއި ފޭސްބުކްއިން ދުވާލަކު އެއްލައްކައާއި ގާތްކުރާ އަދަދެއްގެ ކުދިންނަށް ޖިންސީ ގޮތުން ފުރައްސާރަތައް ކުރިމަތިވެގެންދާއިރު، އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތައް ފޮނުވުމުގެ މައްސަލަތައްވެސް ހިމެނޭކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

މެޓައާއި ދެކޮޅަށް ކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ އާންމުކޮށްފައިވާ މައުލޫމާތައް ބަލާއިރު، އެ ކުންފުނީގެ މުއައްޒަފެއްގެ ދަރިފުޅަށް އެފަދަ ކަމެއް ދިމާވި މައްސަލައާއި ގުޅޭގޮތުން ވާހަކަތައް ދެކެވިފައިވާކަން މުއައްޒަފުން ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުން އެނގިގެންދާކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން މެޓައާއި ދެކޮޅަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އެ ކުންފުނީގެ ސޯޝަލްމީޑިއާ ޕްލެޓުފޯރމްތައް ކުޑަކުދިންނަށް ޖިންސީ ގޮތުން ޝިކާރަކުރާ މީހުންގެ މާކެޓަކަށް ވެފައިވާކަމުގެ ތުހުމަތަކާއި މެޓައިން އެކަމުގައި ވާގިވެރިވާކަމުގެ ތުހުމަތުވެސް ހިމެނޭކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ ކުންފުނިން ތުހުމަތުތަކާއި ދެކޮޅު ހަދާކަމަށްވެސް މީޑީއާތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: