ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކުގައި ގިނައީ އިހުމާލުވުމުގެ މައްސަލަތައް: އެޗްއާރުސީއެމް

އެޗްއާރުސީއެމް އެޑިއުކޭޝަން އޮފިސާ އަހުމަދު މުހައްމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކުގައި ގިނައީ އިހުމާލުވުމުގެ މައްސަލަތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ސަންގު ޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމް އެޑިއުކޭޝަން އޮފިސާ އަހުމަދު މުހައްމަދު ވިދާޅުވީ މި އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ކުޑަކުދިންނާއި ގުޅޭ 17 މައްސަލައެއް އެޗްއާރުސީއެމް އަށް ހުށައަޅާފައިވާކަމަށެވެ. މީގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި، ކުޑަކުދިންނަށް އިހުމާލުވާކަމުގެ މައްސަލައިގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތައް ހިމެނޭކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޖެންޑާގެ ތަފާސް ހިސާބުތަކަށް އަލިއަޅުއްވާ މުހައްމަދު އަހުމަދު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިނިސްޓްރީއަށް 987 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އެގޮތުން މީގެ ތެރޭގައިވެސް ގިނައީ އިހުމާލުގެ މައްސަލަތައްކަމަށް އަހުމަދު މުހައްމަދު ފާހަގަކުރެއްވިއެވެ.

އެހެންވީމަ އަޅުގަނޑުމެން މި ކުޑަ މުޖުތަމައުގައިި މިފަދަ އަދަދަަކަށް މައްސަލަތައް ހުރުން އެއީ އަޅުގަނޑުމެން ބަލައިގަނެވޭނެކަމެއް ނޫން

މިދިޔަ އަހަރާއި މިއަހަރު ހުށައަޅާފައިވާ މައްސަލަތައް އަޅާކިޔުންވިކަމަށް ފާހަގަކުރައްވާ އަހުމަދު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރަށްވުރެމިއަހަރު ހުށައަޅާފައިވާ މައްސަލަަތކުގެ އަދަދު އިތުރުކަމަށެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ މިކަމުން ދޭހަވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އޮތް ނަމަވެސް، އެއަށް އަމަލުނުކުރާކަންކަމަށެވެ. އެހެންކަމުން ކުޑަކުދިންނަށް ރައްކާތެރިވުމަށް އޭނާ އެދިލެއްވިއެވެ. އަހުމަދު މުހައްމަދު ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާއިން ސަލާމަތްވެވޭނީ މުޅި މުޖުތަމައު އާއި އަދި އާއިލާގެ އިތުރުން ދައުލަތުގެ ފަރާތުން އެއްބާރުލުން ލިބިގެންކަމަށާއި، އަދި ހަމައެއާއިއެކު ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދީގެންކަމަށެވެ.

ގާނޫނު އަސާސީއިންވެސް ކުޑަކުދިން ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރު އެކުލަވާލި ކުޑަކުދިން ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ މި މަގުން އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށް ފާހަގަކުރައްވާ އަހުމަދު މުހައްމަދު ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނަކީވެސް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލިބުނު މުހިންމު ގާނޫނެއްކަމަށެވެ.

މި ނިޒާމު ބައްޓަންވެފައި މިއޮތީ ވަރަށް ރަނގަޅަށް، އެކަމަކު މިއަށް އަމަލުކުރުން އެއީ ދައުލަތުންވެސް އާއިލަތާކުވެސް މުޖުތަމައުންވެސް ޒިންމާއެއް. އަމަލުކުރަން ފަށުމުން އަލުގަނޑުމެންނަށް ފެނިގެންދާނީ ރަނގަޅު މުޖުތަމައުއެއް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއިމެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރާ ގާނޫނަކީވެސް މުހިންމު ގާނޫނެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުންވެސް ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ދައުލަތުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ ޒިންމާ އޮތްކަމެއް ނޫންކަމަށާއި، އާއިލާގެ ތެރެއިންވެސް މިކަން ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެންނައުމަކީ މުހިންމުކަމެއްގެ ގޮތުގައި އަހުމަދު މުހައްމަދު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: