ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ޓީޗަރަކު ކުޑުކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަނީ!

ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހދ، ށ އަތޮޅުގައި ހިމެނޭ ރަށެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ރޭ ހއ ގެ އަތޮޅުގެ ރަށެއްގައި މި މައްސަލައާއި ގުޅިގެން އިހުތިޖާޖުވެސް ކޮށްފައިވާއިރު، ފުލުހުން މީޑިއާތަކަށް މައުލޫމާރުދެމުން ބުނެފައިވަނީ މައްސަލަ އާއި ގުޅިގެން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާނެކަމަށެވެ.

މީގެ ކުރީގައިވެސް ޓީޗަރުންގެ ފަރާތުން ވަނީ މިފަދަ މައްސަލަތަކެއް ފެންމަތިވެފައެވެ. އަދި އާއިލާގެތަކުގެ ތެރޭގައިވެސް މިފަދަ މައްސަލަތައް އެބަ އޮތްކަމަށް ބުނެ ފުލުހުންނަށް ދަނީ ގިނަ އަދަދަކަށް ރިޕޯޓްކުރެވިފައެވެ.

މީގެ އިތުރު މިފަދަ ކުށްތަކުގެ ތުހުމަތުގައި ސަރުކާރުގެ އިތުބާރު ހިފޭ މަގާމުތަކުގައި ތިބޭ ފަރާތަށްވެސް އަންނަނީ މަގާމުން ސަސްޕެންޑް އަދި ވަކިވެސް ކުރަމުންނެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އާންމު، އެހެން ނަމަވެސް ހައްލު ނުލިބިފައިވާ މައްސަލަތައެވެ. އަދި މިފަދަ މައްސަލތައްަ ދިގުލައިގެންދާތާ ގިނަ ދުވަސްވީ ނަމަވެސް އިންސާފަށް ވާސިލްވެވޭ މައްސަލަތައް މީގެ ތެރޭގައިމަދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: