ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފް ފްލެޓް ގަތް މީހުންނަށް “ވިނަރެސް”އިން ފްލެޓް ގަތުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކަށް “ވިޔަރެސް” ހައުސިންގ މަޝްރޫޢުގެ ދަށުން އެޕާޓްމަންޓްގަތުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީލައިފަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ވިނަރެސް ޕްލެޓް ގަނެވޭވީ އެ ކޯޕަރޭޝަނާއި ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅައިވާ މީހުނަށް ކަމަށެވެ. އަދި ސީލައިފަށް ދެއްކި ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް ކަމަށެވެެ.

ވިޔަރެސް ހައުސިން މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ޝައުގުވެރިވާމީހުނަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލީ އޮކްޓޫބަރު 20 ވަނަ ދުވަހުގެ އެވެ. ނަމަވެސް، އެ މުއްދަތުގައި ގިނަ މީހުނަށް ރަޖިސްޓްރީ ނުކުރެވުމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެހެންވެ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަލުން އެމީހުނަށް ހުޅުވާލާއިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ކުރިން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ނުކުރެވުނު މީހުންނަށް އެ ފުރުސަތު އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ސީލައިފަށް ފްލެޓު ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ނުކުރެވުނު މީހުންނަށް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާ ކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: