ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވެ ހިޔާ އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި

ހިޔާ އެގްރިމެންޓުގައި ސޮއިކުރުން ކުރިއަށް ދަނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ، ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުމުގައޮ ސޮއި ކުރުމުގެ މަަސައްކަތުގައި ބައިވެރިވި މުވައްޒަފަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެ އެއްބަސްވުންތަކުގައި ސޮއި ކުރުން މަޑުޖައްސާލައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، އެއްބަސްވުންތަކުގައި ސޮއި ކުރުން މެދުކަނޑާލީ ވަގުތީ ގޮތުން ކަމަށެވެ. ބޮޑު ބަންދަކަށްފަހު މިއަދުގެ ހެނދުނު 10:00 އިން ފެށިގެން ސޮއި ކުރުން ކުރިޔަށް ގެންދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވުމުން ފުރިހަމަ ކުރަންޖެހޭ އުސޫލުތައް ފުރިހަމަކޮށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ ގޮތެއްގެ މަތީން މަސައްކަތް ފެށޭނެކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ ޖުލައި މަހުގެ 13 ގަ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ސޮއި ކުރުން ކުރިޔަށް ގެންދަނީ އެކި ޓަވަރުތަކަށް ބަހާލައިގެންނެވެ.

އެޗްޑީސީން ހިޔާ އެއްބަސްވުންތަކުގައޮ ސޮއި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަކަށެވެ. އެކި ދުވަސްތަކަށް ބަހާލައިގެން އެ މަސައްކަތް ކުރިޔަށް ގެންދިޔައިރު، މީހުން ވީހާވެސް ތޮއް ޖެހުން ކުރުމަށް އިންތިޒާމުތައް ހަމަޖައްސާފައި ވެއެވެ.

މީގެ އިތުރުން އެއްބަސްވުމުގައި ސޮއި ކުރަން އަންނައިރު، ކޮންމެ މީހަކު ވެސް ގަލަމަކާއި އިންކް ޕެޑްއެއް ގެނައުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުމަށް، ހުޅުމާލޭގެ ފޭސް ދޭއް ހިއްކައި ހިޔާ މަޝްރޫއުގެ ނަމުގައި 7000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: