ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފި

ހުޅުމާލެ ފޭސް2ގައި އަޅާފައިވާ ހިޔާ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ފަހަރެއްގެ މަތިން ކުލި ނެގުން ފަސް ކުރުމަށްފަހު ހިޔާ ފްލެޓްތަށް ލިބުނު ފަރާތްތަކުގެ އަތުން ކުލީގެ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގަން ފަށައިފިއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާފައިވާ މި ފްލެޓްތަކަކީ ހިޔާ ހައުސިން ޕްރޮޖެކްޓްގެ ދަށުން އެޅުނު 6720 ޔުނިޓެވެ. ފްލެޓްތަށް ލިބުނު ފަރާތްތަކާއި ހަވާލު ކުރެވިގެން ދިޔައީ އެތެރޭގެ މަސައްކަތް ނުނިންމައެވެ. އެގޮތުން ފިނިޝިން މަސައްކަތްތަށް ނިންމުމަށްޓަކައި 3 މަހުގެ މުއްދަތެއްދީ އެ މުއްދަތަށްފަހު ކުލި ނަގުމަށް ފުރަތަމަ ހަމަޖެހުނެވެ. ނަމަވެސް މުއްދަތު ހަމަވެގެން ދިޔައިރުވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިމިފައި ނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ 2022 ވަނަ އަހަރުގެ މާރިޗު މަހާއި ހަމައަށް މި މުއްދަތު އިތުރުކޮށްދެއްވާފައެވެ.

މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ ފައިސާގެ އިތުރުން ކުލީގެ ފައިސާ ފްލެޓްތަކުގެ އެއްބަސްވުމުގައި ވާގޮތަށް 1 އޭޕްރީލްއިން ފެށިގެން އެޗްޑީސީ ބަލައިގަންނަމުން ދާނެ ކަމުގައި އެ ކޯޕަރޭޝަންއިން ބުނެފައިވެއެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 7500 ރުފިޔާ ކަމުގައިވާއިރު، މެއިންޓަނެންސް ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 1000 ރުފިޔާއެވެ. އެހެންކަމުން ޖުމްލަ 8500 ރުފިޔާ ކޮންމެ މަހެއްގެ މަތިން ފްލެޓްތަށް ލިބުނު ފަރާތްތަކުން އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ފްލެޓްތަކުގެ ކުލި ނެގުމަށް ފަށާފައި މިވަނީ ފްލެޓްތަށް ދޫކުރިތާ 8 މަސް ދުވަސް ފަހުން ކަމުގައި ފާހަގަ ކޮށްލެވެއެވެ.

އެޗްޑީސީގެ އޮންލައިން ޕޯޓަލް “މައި ހުޅުމާލެ” ގެ އިތުރުން އެޗްޑީސީގެ ކަލެކްޝަން ކައުންޓަރާއި މައި އޮފީސް މެދުވެރިކޮށްވެސްް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަަމަޖައްސާފައެވެ. މައި އޮފީހުގެ ކައުންޓަރަށް ނަގުދު ފައިސާގެ އިތުރުން ބޭންކް ކާޑާއި ޗެކުންވެސް ފައިސާ ދެއްކެއެވެ. ނަމަވެސް އޮންލައިން ޕޯޓަލްގެ ހިދުމަތް އަދި ލިބިގެންދާނީ ހަމައެކަނި ބޭންކޮ އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ކަމުގައި އެ ކޯޕަރޭޝަން އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތަށް އެޅިފައިވާ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅުން ބަދަލުކޮށްފައިވާއިރު އެހިސާބަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފޯރުކޮށްދިމަށްޓަކައި އެޗްޑީސީގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މަސައްކުރަމުންކަމުގައި ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: