ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފުލެޓު ސަރަހައްދަށް ރައީސް ސޯލިހު ވަޑައިގަތުމުން ފުލެޓުތަކުގެ އަހުލުވެރިން އަޑުއުފުލައިފި!

ހިޔާ ފްލެޓުގެ އަހުލުވެރިން ރައީސް ސޯލިހާއި ދެކޮޅަށް އަޑުއުފުލަނީ: ފޮޓޯ/ ސަނގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓު ސަރަހައްދަށް ރައީސް ސޯލިހު ވަޑައިގަތުމުން، ފްލެޓުތަކުގެ އަހުލުވެރިން އެމީހުންގެ ޝުއޫރުތައް ފާޅުކޮށް އަޑުއުފުލައިފިއެވެ.

އެމްޓީސީސީ އާރްޓީއެލް ނިޒާމުގެ ދަށުން ރާއްޖެ ގެނައި މިނީ ބަސްތައް ތައާރަފް ކުރުމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފުރަތަމަ ފަހަރަށް ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދައް ވަޑައިގަތުމުން، އެ ސަރަހައްދުގެ ރައްޔިތުންވަނީ، ވެރިކަމުގެ ނިޒާމާއި ދޭތެރޭގައި ހުރި ހިންހަމަ ނުޖެހުންތައް ފާޅުކޮށް އަޑުއުފުލާފައިއެވެ.

ފޭޒް ދެއެއްގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދަށް ރައީސް ސޯލިހު ވަޑައިގަދުމަށް ވަކި ސަރަހައްދުތަކެއް ބަނދުކޮށް ފުލުހުން ބަލަހައްޓަމުން ދިއަ އިރު، އެ ސަރަހައްދަށް ރައީސް ވަޑައިގަތީ، ބަރު ހަތިޔާރު އެޅި ސިފައިންނާއެކީއެވެ. އަދި ފްލެޓުތަކުގެ ރައްޔިތުން މިނީ ބަސްތައާރަފް ކުރުމުގެ ރަސްމިއްޔާތު އޮތް ހިސާބާއި ކައިރި ވުމަށް މަސައްކަތްކުރުމުން، ފުލުހުން އެކަމަށް ހުރަށް އާޅާފައިވާ އިރު، އެސްއޯ ސިފައިންގެ ފައުޖެއްވެސް އެ ސަރަހައްދުގައި ފޯރިމަރަމުންދިޔަކަން ފާހަގަކޮށްލެވެއެވެ.

ހިޔާ ފްލެޓްގެ ރައްޔިތުންތަކެއްވަނީ، ރައީސް ސޯލިހަށް ގޮވާލީ، ފުލެޓުތަކުގެ ކުލި ކުޑަ ކުރުމަށެވެ. އަދި އިސްތިއުފާ ދެއްވުމަށްވެސް ބައެއް ފަރާތްތަކުން ގޮވާލަމުންދިޔައެވެ.

ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭގައި ބޭއްވި މި ރަސްމިއްޔާތު ކުރިއަށްދިޔައިރު، ފްލެޓުތަކުގެ އަހުލުވެރިން އެތަނަށް އެއްވެ އަޑުއުފުލަމުން ދިއަ މަންޒަރު ކަވަރު ކުރަމުން ދިއަ ނޫސްވެރިއަކަށް އެމްއެންޑީއެފް މީހެއްގެ ފަރާތުން އިންޒާރު ލިބުނު ކަމަށްވެސް ތުހުމަތު ކުރެވެއެވެ. އަދި އިންޒާރު ލިބުނު ފަރާތް ނޫން ފަރާތްތަކަށްވެސް އެމްއެންޑީއެފް މީހާގެ އިންޒާރުގެ އަޑުއިވިފައިވާކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވާކަމަށް ފާހަގަކޮށްލެވެއެވެ.

ރައީސް ސޯލިހު ހިޔާފުލެޓު ސަރަހައްދަށް ފުރަތަމަ ފަހަރަށް ޒިޔާރަތް ކުރައްވާފައިވާއިރު، އެ ތަނަކީ މީހުން ދިރުއުޅުމަށް ކަމުނުދާތަނެއްކަމަށްވެސް އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާކަމަށް ފާހަަގަކޮށްލެވެއެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުން އާޅާފައިވާ ހިޔާފުލެޓުތަކުގެ ކުލި އެ ދައުރުގައި ކަނޑައެޅިފައިވާވަރަށް ވުރެ، ރައީސް ސޯލިހުގެ ސަރުކާރުން ބޮޑުކޮށްފައިވުމުން، ރައްޔިތުންގެ ގިނަ އާދޭސަތަކަކަށް ފަހުވެސް، އެ ކުލި ކުރިން ކަނޑައެޅިފައިވާވަރަށް ކުޑަކޮށްދީފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: