ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވެކްއާ ހަވާލު ކުރެވުނު ސިފައިންގެ ހިޔާ ފްލެޓްތައް ރޯދަމަހަށް ނިންމާ ހަވާލު ކުރަނީ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހިޔާ” ފްލެޓްތަކުން ސިފައިންނަށް ލިބުނު އެޕާޓްމަންޓްތަކުގެ އެތެރޭގެ މަސައްކަތް ރޯދަމަހަށް ނިންމައި ހަވާލުކުރާނެ ކަމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން  އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކާއި ހަވާލު ކުރީ ފިނިޝިންގެ އެއްވެސް މަސައްކަތްތަކެއް ނުނިންމަ އެވެ. އެ ސަބަބާއި ހުރެ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.

ފްލެޓުތައް ލިބުނު މީހުން އަމިއްލައިން ފިނިޝިންގެ މަސައްކަތްތައް ނިންމިއިރު ބައެއް ފަރާތްތަކުން ވަނީ ކުންފުނިތަކުން ހުޅުވާލި ޕެކޭޖުތަކުގައި ބައިވެރިވެ މަސައްކަތް ފުރިހަމަ ކުރަން އެހެން ބަޔަކާއި ހަވާކުކޮށްފަ އެވެ. މިގޮތުން ފުލުހުންނަށް ލިބިފައިވާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމުމަށްޓަކައި ހަވާލު ކުރީ ސިވެކް ކުންފުނިއާއިއެވެ. ނަމަވެސް ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލު ކުރެވިފައި ނުވުމުން ބައެއް ފަރާތްތަކުން އެއްބަސްވުން ބާތިލް ކޮށްފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ސިވެކްގެ ސީއީއޯ އަހުމަދު ޒުބައިރު ވިދާޅުވެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތަށް ފްލެޓްތަކުގެ މަސައްކަތް ނިންމައި ނުލެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ މުދާ ގެނައުމުގައި އޭރު ދިމާވި ދަތިތަކަކާއި ގުޅިގެންކަމުގައެވެ.

މިހާރު މަސައްކަތް ކުރިއަށް ދަނީ 18 ފްލެޓެއްގައިކަން ހާމަ ކުރައްވައި، މި ފްލެޓްތަކުގެ މަސައްކަތް މާދަމާއަށް ނިމޭނެކަމުގެ ޔަގީންކަން ކުންފުނިން ވަނީ ދީފައެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން ފްލެޓްތަށް ލިބުނު މީހުންނާ ހަވާލުކުރާނެ ކަމުގައި ޒުބައިރު ވިދާޅުވިއެވެ.

މި ނޫންވެސް އެހެން ކުންފުނިތަކުން ފްލެޓްތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ ވެރިންނާއި މަސައްކަތް ނިންމުމަށްފަހު ފްލެޓްތައް ހަވާލު ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މިކަމާއި ގުޅިގެން ހިޔާ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ “އާންމު އެކުވެރި ގުޅުން” (ކޮތަރުކޮށި) އިން ކުރިއަށް ގެންދިޔަ ސާވޭއިން ދައްކާ ގޮތުގައިވެސް އެ ސާވޭގައި ބައިވެރިވި 35 މީހަކަށް މިގޮތަށް ދިމާވެފައިވެއެވެ. އެ ފަރާތްތަކުގެ ފްލެޓް އަދިވެސް ނުނިންމާ ކަމަށާއި އެޑްވާންސަށްވެސް ލާރި ނަގާފައިވާކަމަށް މައުލޫމާތުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: