ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އައްޑޫއިން ޕޮޒިޓިވް ވީ 4 މީހުން

އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް/ ފޮޓޯ:- ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑު ސިޓީގައި ކޮވިޑު ކޮންޓްރޯލު ނުކުރެވި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 20 އަށް ވުރެ ގިނަ ވެފައިވީ ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވް ވެފައިވަނީ އެންމެ 4 މީހުންނެނެވެ.

އައްޑޫ އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިން ރޭ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އާއި ހަމައަށް ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ. މި 4 މީހުންގެ ތެރެއިން 2 ކޭސް ފެނިފައިވަނީ ހުޅުދޫ އިން ކަމަށާއި، ހިތަދޫ އިން 1 ކޭސް އަދި މަރަދޫ އިން ވެސ ް1 ކޭސް ފެނިފައިވާ ކަމަށް އޭއީއޯސީ އިން މައުލޫމާތު ދީފައިވެއެވެ.

އައްޑޫ ސިޓީގައި މިހާރު ކޮވިޑު 19 އަށް ފަރުވާ ހޯދަމުންދާ 232 އެކްޓިވް ކޭސް އެއް ވީ އިރު އެންމެ ގިނައިން ބަލިއަށް ޕޮޒިޓިވް ވަމުންދަނީ ހިތަދޫ އިންނެވެ. އެގޮތުން މިހާރު ހިތަދޫގައި އެކްޓިވް ކޭސް ގެ ގޮތުގައި 163 ކޭސް ފާހަގަކުރެވިގެންދެއެވެ.

މީގެ އިތުރުން މަރަދޫ ފޭދޫގައި 4 ކޭސް، ފޭދޫ ގައި 5 ކޭސް، މީދޫގައި އެކްޓިވް 21 ކޭސް އެއް އޮތް އިރު، ހުޅުދޫގައި 11 ކޭސް އަދި މަރަދޫ ގެ 27 ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން 03 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.

އައްޑޫގައި ކޮވިޑުގެ ކޭސްތައް ގިނަވެ ކޮންޓްރޯލު ނުވުމާއި އެކު، ކައުންސިލުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން 29 ނޮވެމަބަރުން ފެށިގެން ފެށިގެން އަޅަން ނިންމާފައިވާ އެ ފިޔަވަޅުތަކުގެ ތެރޭގައި، އާންމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމާއި ސްކޫލު ކިޔެވުން ފިޔަވައި އެހެން ހުރިހާ ހަރަކާތެއް ހުއްޓާލުން އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާ ކުރުން ހިމެނެއެވެ.

ހައިތުރު ފިޔަވަޅުތައް އެޅިނަމަވެސް ކުރިއާއި އެއްގޮތަށް އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: