ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ނެތި އިދިކޮޅުގެ ޖަލްސާ ހުޅުމާލޭގައި ނުބޭއްވޭނެ: އެޗްޑީސީ

އިދިކޮޅުން ހުސްވި ހަފްތާގައި ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި އިދިކޮޅުން ފޭސް 2ގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ނުބޭއްވޭނެކަަމަށް އެޗްޑީސީއިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމް، ޕީއެންސީގެ ފަރާތުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަން އިދިކޮޅުން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން ކުންފުނިން އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ކަމަށެވެ. އަދި ޖަލްސާތައް ނުވަތަ ހަރަކާތްތައް ކުރިއަށްގެންދެވޭނީ މި ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.

ނަމަވެސް ޕީޕީއެމް، ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީއިން ބުނެއެވެ.އެހެންނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މިކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާނުގައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަަޑައިގަންނަވާ ޖަލްސާއެއް ބޭއްވުމަށް އިދިކޮޅުން އަންނަނީ ތައްޔާރުވަމުންނެވެ. ފޭސް 2އަކީ އަދި ހިޔާ ފްލެޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ތަނަކަށްވުމުން އެޖަލްސާއަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ. ރައީސް ޔާމީން މިނިވަންވެވަޑައިގަތުމާއިގުޅިގެން ހުސްވި ހަފްތާގެ ހުކުރު ދުވަހުގެރޭވެސް އިދިކޮޅުން ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ކުރިއަށް ގެންގޮސްފައެވެ. އެޖަލްސާއަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: