ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިސްމަސް ޓްރީ ވާހަކައާއި، ގުރްއާން އެއްލާލީކަމަށް ބުނެ މީޑިޔާތަކުން ރިޕޯޓްކުރީ ނުބައިކޮށް: އެޑިޔުކޭޝަން

ކުދިން ލައްވާ ކްރިސްމަސް ޓްރީ ހެއްދުވި މައްސަލައަކާއި ގުރްއާން އެއްލައިލިކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދިން ލައްވައި ކްރިސްމަސް ޓްރީ ހެއްދުވި ވާހަކައާއި އިންޑިޔާ ޓީޗަރަކު ގުރްއާން އެއްލައިލީކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި މީޑިޔާތަކުން އެކަން ރިޕޯޓްކޮށްފައިވަނީ ނުބައިކޮށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންތް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މިދެ ކަންތައްވެސް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ ބޮޑުކޮށްލައިގެން ކަމަށެވެ. ގއ ކޮނޑޭ ސްކޫލްގައި ކުދިން ލައްވާ ކްރިސްމަސް ޓްރީ ހެއްދުވި މައްސަލައަކާއި އިންޑިޔާ ޓީޗަރަކު ގުރްއާން ބިންމައްޗަށް އެއްލައިލިކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ.

ގުރްއާން އެއްލައިލިކަމަށް ބުނާ މައްސަލާގައި އަހުމަދު ވިދާޅުވީ ގުރްއާން އެއްލައިލީކަމަށް ބުނެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. ކްލާހުގައި ކިޔަވައިދެމުން ދަނިކޮށް މޭޒުމަތީގައި ހުރި ފޮތްތަކެއް ޓީޗަރު އަތުން ވެއްޓުނީ ކަމަށާއި ވެއްޓުނު ފޮތްތަކުގެ ތެރޭގައި ހިމެނެނީ އިސްލާމް ފޮތަކާއި އެހެނިހެން މާއްދާތަކުގެ ފޮތްތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކްރިސްމަސް ޓްރީއެއް ކުދިން ލައްވާ ހެއްދުވިކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށްވެސް ޕީއެސް ވިދާޅުވިއެވެ. ކަރުދާސް ބޭނުންކޮށްގެން އެކި ގަސްތަކުގެ މޮޑެލްތައް ހެދިއިރު އެއް ކުއްޖަކު ހެދީ ބަންޔަން ޓްރީއެއް ކަމަށާއި އެކުއްޖާއަށްވެސް އެއީ ކްރިސްމަސް ޓްރީއެއްކަން ނޭންގޭ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދެކެވެން ފެށީ ކަރުދާހުން ހެދި ބަންޔަން ޓްރީ ހިފައިގެން ގެއަށް ދިޔުމާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެސް ވިދާޅުވީ މިފަދަ މައްސަލައެއް ފެންމަތިވުމާއެކު އަބަދުވެސް މައްސަލަތައް ބަލަމުންދާނެ ކަމަށެވެ. އަދި މިހާރު ފެންމަތިވެފައިވާ ދެމައްސަލާގައިވެސް ޓީޗަރަކާއިމެދު ފިޔަވަޅު އަޅަންޖެހޭވަރުގެ ކަމެއް ފާހަގަވެފައިނުވާ ކަމަށާއި މިދެކަންތައްވެސް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ ކަން ހިނގި ގޮތަށްވުރެ ކަންތައް ބޮޑުކޮށްލައިގެންކަމަށް ވިދާޅުވިއެވެ.

މިފަހަކަށް އައިސް ސްކޫލްތަކުގެ ތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުންދާ މިންވަރު ގިނަކަން ފާހަގަކުރެވެއެވެ. ރަށުގެ މީހުން ބުނާ ގޮތުގައި ޓީޗަރު ގުރްއާން އެއްލައިލީ އެއީ ނަރަކަވަންތަ ފޮތެއްކަމަށް ބުނުމަށްފަހުގައެވެ. އެހެންނަމަވެސް މިނިސްޓްރީއިން ވަނީ މިކަންތައް ދޮގުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: