ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރަލުގެ ވާހަކައާއި ގުރްއާން ހިތުހުރި ގޮތަކަށް ކިޔެވުމާއި ހަމަހަމަ ކުރާތީ ކަންބޮޑުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގުރާ އާންމުކޮށް ވިއްކާ ވާހަކައާއި ގުރްއަންގެ ކަލިމަތައް ހިތުހުރި ގޮތަކަށް ކިޔެވުން ހަމަހަމަކުރާތީ ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއާއި ދައުލަތުގެ މީޑިޔާ ގުޅިގެން ކުރިއަށްގެންދިޔަ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ބަނގުރާ އާންމުކޮށް ވިއްކާ ވާހަކަ ދައްކަވާއިރު އެ ވާހަކަ ނުހުއްޓުވާ، ގުރްއާންގެ އާޔަތްތައް ކިޔަވަން ފެށުމުން އެކަން މަނާ ކުރަނީ ކީއްވެތޯ އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަދި މަޖިލީހުގައި ތިއްބަވާ މެމްބަރުންނަކީ ވެސް ދީނީ ދަންނަ ބޭކަލުން ނޫންކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވާހަކަދައްކަވާއިރު، މެމްބަރުން ވާހަކަދައްކަވަނީ ވަރަށް ޖޯޝުގައި ކަމަށާއި އަދި ބައެއް ހާލަތްތަކުގައި ވާހަކަދައްކަވަނީ އެންމެ އެދެވޭ ބަހުރުވައިގައި ނޫންކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި ގުރްއާންގެ އާޔަތްތައް ކިޔަވަން ވާނީ ވަރަށް ގަދަރުވެރިކޮށް ކަމަށާއި ސިޔާސީ ގޮތުން ވަކި ބޭނުމެއްގައި، ގުރްއާންގެ އާޔަތްތައް ކިޔަވަން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގައި ތިއްބަވަނީ ދީނީ ބޭކަލުންނަށް ނުވާތީ ރަނގަޅަށް އާޔަތްތައް ރަނގަޅަށް ވިދާޅުނުވެވޭ ކަމަށާއި އެއްވެސް މަޖިލީސް ރައީސަކު މިހާތަނަށް އެކަމަށް ބާރު އަޅުއްވާފައިނުވާކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ނިވާކަން ކުޑަ ހާލުގައި ހުރެ ގުރްއާން ކިޔެވުމަކީވެސް ރަނގަޅުކަމެއް ނޫން ކަމަށާއި ވަކި ފައިދާއެއް ހޯދުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ގުރްއާންގެ އާޔަތްތައް ކިޔެވުމަކީވެސް ރަނގަޅުކަމެއް ނޫންކަމަށެވެ.

“ބަނގުރާ އާންމުކޮށް ވިއްކާ ވާހަކައާއި ގުރްއަންގެ ކަލިމަތައް ހިތުހުރި ގޮތަކަށް ކިޔެވުން ހަމަހަމަކުރާތީވެސް އަޅުގަނޑު ކަންބޮޑުވޭ” ރައީސް ނަޝީދު

އާންމު ރައްޔިތަކު ކުރެއްވި އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިސްލާމްދީނުގައި ދުނިޔޭގެ ކަންކޮޅު ހިންގާ ކޮންމެ ރޫހެއް ރާއްޖޭގައި ހިނގާ ކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގައި
ދުނިޔޭގައި ސަލަފީ ފިކުރު ހަރުކަށިކޮށް އެބަ ހިނގާކަމަށާއި އެހެންވީމަ ރާއްޖޭގައި އެކަންވެސް އެއުސޫލުން ހިނގަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: