ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔަވައިދޭއިރު ޓީޗަރުންގެ މޫނުމަތީގެ އިޝާރާތްތަކާއި ހަރަކާތްތައް ފެނުމަކީ މުހިންމުކަމެއް: އެޑިޔުކޭޝަން

އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނަ ގޮތަށް ތިބޭގޮތަށް ކަމަށާއި ޔަވައިދޭއިރު ޓީޗަރުންގެ މޫނުމަތީގެ އިޝާރާތްތަކާއި ހަރަކާތްތައް ފެނުމަކީ މުހިންމުކަމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމާއި ގުޅޭ ބަހުސް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެޑިޔުކޭޝަން މިނިސްޓްރީއިން އާންމުކުރި ބަޔާނެއްގައި ބުނީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ޖެނުއަރީ 2019 އިން ފެށިގެން ކަމަށެވެ. އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށާއި މިވަގުތު ސްކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުންވެސް ހިމެނޭ ކަމަށެވެ. އަދި އެބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާއި މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭކަމަށް ބަޔާނުގައިވެއެވެ. އަދި ޖެނުއަރީ 2019ގެ ފަހުން މިނިންމުމަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާ ކަމަށްވެސް އެޑިޔުކޭޝަންއިން ބުނެއެވެ.

މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުސަތު ފަހިކޮށްދެވިފައިވަނީ، ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށްކަމަށް އެޑިޔުކޭޝަންއިން ބުނެއެވެ. އެއީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މިފަދަ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށް އެޑިޔުކޭޝަންއިން ބުނެއެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ. އަދި މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ޙަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާޤުވާތީ، އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައިކަމަށް އެޑިޔުކޭޝަންއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާސްކް އަޅައި މޫނު ނިވާކޮށްގެން ކިޔަވަައިދޭތީ އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދުދީ އެޑިޔުކޭޝަންއިން ބުނީ މިދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްހީގޮތުން ޚާއްސަ ހާލަތަކާ ގުޅިގެން މަޖްބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މިޙާލަތުން އަރައިގަނެވި މާސްކާނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެފަދަ ޙާލަތަކަށް ކަންކަން ރުޖޫއަވެ، އެ ފުރުސަތު މުދައްރިސުންނާއި ދަރިވަރުންނަށް ފަހިވެގެން ދިއުމަށް އެދޭކަމަށްވެސް އެޑިޔުކޭޝަންގެ ބަޔާނުގައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވާނުދެވޭނެކަމަށް އަންގާފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޫނުބުރުގާ އަޅާ މީހުން ވަޒީފާއިން ވަކިކުރުމުން އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަންނަނީ މޫނު ފެންނަގޮތަށް ތިބެގެން ކިޔަވާދިނުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް އެކަމަށް ވަކާލާތު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: