ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2018 ވަނަ އަހަރުގެ ކުރިން ތައުލީމީ ދާއިރާއަށް ނުގެނުވުނު ތަރައްގީ މިހާރު ދަނީ ގެނެވެމުން: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ ޢައުޝަތު އަލީ މަޖިލީހުގެ ތަޅުމުގައި ސުވާލުތަކަށް ޖަވާބް ދެއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ކުރީގައި އަލާނުލެވި ހުރި ވަރަށް ގިނަ ޕްރޮޖެކްތަކެއްގެ މަސައްކަތްތަށް މިހާރު ކުރިއަށްދާ ކަމަށާއި އޭގެ ފަހުން ތައުލީމީ ދާއިރާގެ އުމުރާނީ މަސައްކަތްތަކަށް ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެކަމުގައި ތައުލީމާއި ބެހޭ ވަޒީރު އައިޝަތު އަލީ ވިދަޅުވެއްޖެއެެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. ސުވާލުގައި އެސެވީ އާބާދީ އިތުރުވެ ކުދިންގެ އަދަދު ސުކޫލުތަކުގައި އިތުރުވެފައިމިވަނީ ކުއްލިއަކަށް ނޫންކަމަށާއި ނަމަވެސް މިހާތަނަށްވެސް އެކަށީގެންވާ އިމާރާތް ނެތުމުން މިއީ ތައުލީމީ ދާއިރާއަށް ވެވިފައިވާ އިހުމާލެއްގެ ގޮތުގައި ގަބޫލު ކުރައްވަންތޯ އާއި އަދި މިހާރުގެ ސަރުކާރު އައުމަށްފަހު ނިމިފައިވަނީ ކިތައް އިމާރާތުގެ މަސައްކަތްތޯއާއި އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އަދަދާއިމެދުގައެވެ.

ޖަވާބުގައި މިނިސްޓާ އައިޝަތު އަލީ ވިދާޅުވީ އާބަދީ އިތުރުވާ މިންވަރަކަށް ސުކޫލުތަކުގެ ޖާގަ ބޭނުންވާނެކަމަށާއި ނަމަވެސް ކުރީގައި އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާއިރު ބައެއް ސުކޫލުތަކުގައި ހުރީ އާބާދީ އިތުރުވާ ނިސްބަތަށް ވިސްނާ ޕްރޮޖެކްނުކޮށްކަމަށާއި އިމާރާތްތަށް އިތުރުކުރުމަށްޓަކައި ބޭނުންވާނެ ޖާގަ ދީފައިނުވާކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެކަން ވަރަށް ރަނގަޅަށް ކޮށްފައިވާކަމުގައި ފާހަގަކުރެއްވިއެވެ.

ސްކޫލުތައް ތަރައްގީވާ މިންވަރަކުން މާލޭގައި ދިރިއުޅޭ ފަރާތްތަކުންވެސް ދަނީ ރަށް ރަށަށް ހިޖުރަ ކުރަމުންކަމަށާއި އެހެންކަމުން އިތުރު ސްޕޭސް ރަށްތަކުގައި ބޭނުންވާކަމަށް މިނިސްޓާ ވިދާޅުވިއެވެ.

މިފަދަ ކަންކަމާއިމެދު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އަޅާލެވިފައިނުވާކަމަށާއި ނަމަވެސް އޭގެ ފަހުން ތައުލީމީ ދާއިރާގެ އުމުރާނީ މަސައްކަތްތަކަށް ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެކަމުގައި ފާހަގަކުރައްވާ މިނިސްޓާ ވިދާޅުވީ އެގޮތުން މުޅިއެކު ޖުމްލަ ޕީއެސްއައިޕީ 202 ޕްރޮޖެކްޓެއް މީހަރުވެސް ހިގަމުން އެބަދާކަމަށާއި އޭގެ ތެރެއިން ހުރިހާ މަސައްކަތެއް ފުރިހަމަކޮށް 30 ޕްރޮޖެކްޓެއް ނިމި އެތައްތަނުގައި ކިއަވާދިނުންވެސް މިހާރު ކުރިއަށްދާކަމުގައެވެ. އަދި 89 ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ކުރިއަށް އެބަދާކަމަށާއި މިހާރު ޓެންޑާ ބޯޑުގަ ޓެންޑާ ކުރުމުގެ މަސައްކަތް ކުރިއަށްދާ 33 ޕްރޮޖެކްޓެއް އޮބަ އޮތްކަމުގައި މިނިސްޓާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު 45 ޕްރޮޖެކްޓެއްގެ މަސައްކަތް ވަނީ މިޙާރު ފެށިފައިކަމުގައި ވިދާޅުވިއެވެ. މިކަންތައްތައް ފާހަގަކުރައްވާ މިނިސްޓާ ދެންނެވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހޭދަވީ 3 އަހަރުގެ ތެރޭގައި ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

2019 ވަނަ އަހަރުގެ ތެރޭގައި 246 މިލިއަނަށްވުރެ ގިނަފައިސާ ޕީއެސްއައިޕީ ޕްރޮޖެކްތަކަށް ހަރަދު ކުރެވިންކަމަށާއި އަދި 2020 ވަނަ އަހަރުގައި 514 މިލިއަނަށް ގިނަ ފައިސާ ހަރަދު ކުރެވިފައިވާއިރު 2021 ވަނަ އަހަރު 340 މިލިއަނަށްވުރެ ގިނަ ފައިސާ މިފަދަ ޕްރޮޖެކްތަކަށް ހަރަދުކުރެއްވިންކަމުގައި މިނިސްޓާ ވިދާޅުވިއެވެ. އަދި މިއަރުގެ މިހާ ހިސާބަށްވެސް 2015 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓާގެ ވާހަކަގައި އިތުރަށް ވިދާޅުވީ މިހާރު އެކަމަނާއަށްވެސް 100 އަށްވުރެ ގިނަ ރަށަށް ޒިޔާރަތްކޮށް 100 އެއްހާ ސުކޫލަށް ދެވިފައިވާއިރު އޭގެ ތެރޭގައި ޕްރޮޖެކްޓެއް ހިންގަމުން ނުދާ ސުކޫލެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: