ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫނުފިލި ކުދިން މުދައްރިސްކަމާ ކުރިމަތިލުމަކީ އިލްތިމާސް: އައިޝަތު އަލީ

ޓޮޕް އެޗީވާސް އެވޯޑް ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނުފިލި ކުދިން މުދައްރިސުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފިއެވެ.

2020 އަދި 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ނިންމައި މަތީ އަރުތަވެރީންގެ އިނާމު ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަނގަޅު މުދައްރިސުން ނުއުފެއްދޭ ނަމަ މި ފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށް ފަހު އަހަރެއް މަދުވަމުންދާނެކަމަށެވެ. އެހެންކަމުން މިރޭ ކާމިޔާބު ހާސިލްކުރި ކުދިންގެ ތެރެއިން ގިނަ ކުދިންތަކެއް ފަހުން އަންނާނެ ކުދިންނަށް ކިޔަވައިދޭނޭ ބަޔަކަށް ވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ މީގެ 40 ވަރަކަށް އަހަރު ކުރިން މުދައްރިސްކަމަކީ ދިވެހިރާއްޖޭގައި ވަރަށް ޤަދަރުވެރި ރަނގަޅު މުސާރައެއްލިބޭ ވަޒީފާއެއްކަމަށެވެ. އަދި އެ ހާލަތު ބަދަލުވީ އެހެން ދާއިރާތަކުގެ މުސާރަ މުދައްރިސުންގެ މުސާރައަށްވުރެ ބޮޑުވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

“ނަމަވެސް، މިކަން މިހާރު މިވަނީ އިސްލާހުކޮށްފައި. މުދައްރިސުންގެ މޫނުމައްޗަށް ހިނިތުން ގެނުވި، މުސާރައިގެ ބޮޑު ކުރިއެރުމެއް ވަނީ މިއަހަރުގެ ތެރޭގައި ގެނެސްފައި،”

މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑްގެ އެންމެ އުނދަގޫ ދުވަސްވަރުގައި ވެސް ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއްގައި ކެތްތެރިކަމާއެކު ދަރިވަރުން ކުރި ބުރަ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކުދިން ކުރި ބުރަ މަސައްކަތަށް މިނިސްޓަރު މަރުހަބާ ދެންނެވިއެވެ.

ސަރުކާރުން ހުޅުވާލާފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތަކެއް ގިރާކުރުމަށް މިރޭ އިނާމު ހާސިލްކުރި ދަރިވަރުން އަޒުމް ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: