ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދިން ފާސްނުވުން އެއީ އެޑިއުކޭޝަން މިނިސްޓަރުގެ ނާގާބިލުކަން: ޖާބިރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކ ކާށިދޫގައި އޭލެވެލްއަށް ޝަރުތުހަމަވާ 15 ކުދިން ފާސްނުވުން އެއީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ ނާގާބިލުކަންކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލުކުރުމަށް ލިބުނު ފުރުޞަތުގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކާށިދޫގައި ގުރޭޑު 10 އަކާ ހަމައަށް ކިޔެވުމަށްފަހު އޭލެވެލް ކިޔެވޭނެ އިންތިޒާމް ހަމަނުޖައްސާދެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ސުވާލަލުގެ ޖަވާބުގައި އައިޝަތު އަލީ ވިދާޅުވީ ރަށެއްގައި އޭ ލެވެލް ހެދުމަށް 15 ކުދިން ގްރޭޑް ދިހަޔަކުން ރަނގަޅު ނަތީޖާ ހޯދަންޖެހޭއިރު، ކާށިދޫގައި އެ އަދަދަށް ކުދިން ފާސް ނުވާކަމަށެވެ.

ކާށިދޫ ސްކޫލުގައި ގްރޭޑު 11 އަށް ކިޔަވަން ބޭނުންވާ ވަރަށް ގްރޭޑް ދިހަޔަކުން ފާސްވާ ކުދިން ތިބޭނަމަ އަޅުގަނޑުމެންނަށް ކާށިދޫގައި ގްރޭޑް 11 ފެށޭނެ

ޖާބިރުގެ އިތުރުން ކާށީދޫގެ ރައްޔިތުން ގާތު މިނިސްޓަރު އެދުނީ އެ އަދަދަށް ދަރިވަރުން ފާސްވެ އޭލެވެލް ހެދޭ ފެންވަރުގެ ޝަރުތު ހަމަވާން މަސައްކަތްކުރެއްވުމަށެވެ. މިއަދުގެ މަޖިލީހުގައި އެވާހަކަތަކަށް ރައްދު ދެއްވާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ކުދިން ފާސްވުމަށްޓަކައި ބޭނުންވާ އެކަށީގެންވާ ތައުލީމު ފޯރުކޮށްނުވެނީނަމަ އެކަމަށް ޒިންމާވާން ޖެހޭނީ ރަށުގެ ރައްޔިތުންނާއި، ދާއިރާގެ މަޖިލީސް މެންބަރު ނޫންކަމަށެވެ.

ޖާބިރު ވިދާޅުވީ ކާށިދޫގައި ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން 15 ކުދިން ފާސް ނުވާނަމަ އެއީ އެޑިއުކޭޝާން މިނިސްޓާ ފެއިލްވީކަމަށެވެ. ކާށީދޫގައި ތައުލީމީ ފެންވަރު މިހާ ދަންވެގެން ދިޔަ ސަބަބާއިމެދު ސުވާލުއުފައްދަވާ ޖާބިރު ވިދާޅުވީ މިއީ އެޑިއުކޭޝަން މިނިސްޓާގެ ޒިންމާއެއްކަމަށާއި ކޮންމެ ދުވަހަކު ދަރިވަރުން ސުކޫލަށް ފޮނުވާއިރު ފާސް ނުވަނީނަމަ އެއީ އެޑިއުކޭޝާން މިނިސްޓްރީން އެ ސުކޫލަށް ކަނޑައަޅާފައިވާ ޓީޗަރުންނގެ މައްސަލައެއްކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ކާށިދޫގެ ކުދިންނަށް ކިޔަވާދިނުމަކީ އެޑިއުކޭޝަން މިނިސްޓަރުގެ މަސައްކަތެކޭ، އަދި އެޑިއުކޭޝާން މިނިސްޓަރު ޓިނުން ނަމަވެސް އަދި މަތީގައި ފުރާޅެއް އަޅައިގެން ނަމަވެސް އަދި ދާ ޖަހައިގެން ނަމަވެސް ކުދިންނަށް ކިޔަވައިދޭންވާނޭ. އެ ޒިންމާ އުފުލަން ޖެހޭނީ އެޑިއުކޭޝަން. ނޫނީ އަޅުނޑުމެން ދާއިރާ ކާށިދޫއަށް އެޑިއުކޭޝަން މިނިސްޓްރީ ފެއިލްވީނުންތޯ

ކާށިދޫގައި އެހާ މިންވަރަށް އެޑިއުކޭޝަން ފެންވަރު ދަންވެ، މިނިސްޓާ އައިޝަތު އަލީއަށް ޒިންމާ ނުނެގެނީނަމަ ނާގާބިލުކަމަށް ނިންމާ އެކަމަނާއަށް ފިޔަވަޅުއެޅުމުގެ މަސައްކަތްކުރާނަންކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ފާހަގަކުރެއްވީ ތައުލީމީ ދާއިރާއިން ކާށިދޫއަށް ގެނައުމަށްޓާކައި އޭނާގެ ވިސްނުމުގައި ހުރި ތަރައްގީއެވެ. އެގޮތުން ކާށިދޫގައި ޔުނިވާސިޓި އަޅާ ކާށިދޫއިން ޕީއެޗްޑީ ނެގުމަކީ އޭނާގެ ވިސްނުންކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ޖާބިރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރުގެ ވިސްނުން ތަރައްގީވާން ޖެހޭކަމަށެވެ.
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: