ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އުޅެނީ ރިޔާސަތު ހައިޖެކް ކޮށްގެން: ޖާބިރު

ޖަޒީރާ ރާއްޖެއަކީ އޮޅުވާލުމެއް: ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މަޖިލީހުގެ ރިޔާސަތު ހައިޖެކް ކޮށްގެން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޖާބިރު ވިދާޅުވީ އެމްޑީޕީ އަކީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއެއް ކަމަށާއި، އެހެން ކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީވެސް މެޖޯރިޓީ އޮތް ޕާޓީއަކުން ކަމަށެވެ. އަދި ޑިމޮކްރެޓްސްއަކީ 13 މެންބަރުން ހިމެނޭ މައިނޯރިޓީ ޕާޓީއެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ރައީސް ނަޝީދު ދޫކޮށް ވަޑައިގަންނަވަން ޖާބިރު ވަނީ ގޮވާލައްވާފައެވެ.

ޖާބިރު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ މެންބަރުންގެ އިތުބާރުހުއޮތް ރައީސެއް ކަމަށެވެ. އަދި އެންމެ އަވަހަށް އޮންނަ މަޖިލީހެއްގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޑިމޮކްރެޓްސް ބޭނުންވާގޮތަށް ރިޔާސަތު ހައިޖެކު ކޮށްގެން ނުތިބެވޭނެ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. މީގެއުތުރުން ޖާބިރު ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހޭނީ އިތުބާރު ހުރި ރައީސެއް ހުރެގެން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގުރޫފުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު 29 ވަނަ ދުވަހު މަޖިލީހުގައި ނެގުމަށް އެދިފައެވެ. އަދި ނަޝީދު މަގާމުން ވަކިކުރަން ތުރީ ލައިން ވިޕެއް ނެރެ، މައްސަލަ ކުރިޔަށް ނުގެންދާނަމަ މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: