ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑި ދިފާއިކުރަން ނިކުންނަވަނީ!

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމަށާއި ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރެވޭވަރުގެ ފަރާތެއްހުރި ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މިވަގުތު ހުންނެވީ އެމްޑީޕީގައި ކަމަށާއި އެހެންކަމުން ކާށިދޫދާއިރާއަށް ކުރިމަތި ލައްވާނީވެސް އެމްޑީޕީގެ ފަރާތުން ކަމަށެވެ. އިނގިފައިވާ ގޮތުން މިފަހަރު ޖާބިރު އާއިއެކު ޕްރައިމަރީގައި ވާދަކުރައްވަނީ ކުރިންވެސް އެމަނިކުފާނާއި އެކު ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ފަރާތެވެ. ޖާބިރު ވިދާޅުވީ ގާފަރު އަދި ކާށިދޫ ދާއިރާގެ ހުރިހާ ބޭފުޅުންވެސް އަމަކުފާނަށް ވޯޓު ދެއްވާނެ ކަމަށެވެ. އަދި އެމްޑީޕީއަށް ގޮނޑި ލިބެންއޮތީވެސް އެމަނިކުފާނު ވާދަކުރައްވައިގެން ކަމަށް އެޕާޓީއަށް ނިސްބަތްވާ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މީހާރުވެސް ޕްރައިމަރީއަށް ކެމްޕެއިން ފަށާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ޑިސެމްބަރު މަހުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ވަމުން އަންނަކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުު ވިދާޅުވީ މިއަދުވެސް އެމަނިކުފާނަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށާއި އަދި ރައްޔިތުން މަޖިލީހުގައިވެސް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށެވެ.  ޖާބިރު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގައި ގިނަ ހިދުމަތް މަތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހިދުމަތުގައި އުޅުއްވާތާވެސް ގިނަ ދުވަސް ތަކެއް ވެފައިވާކަމަށް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ކުރިންވެސް ކުރުމުއްދަތެއް ތެރޭގައި ކެމްޕެއިން ކުރައްވައިގެން ބޮޑު ތަފާތަކުން އެމަނިކުފާނަށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނު ކަމަށެވެ. އަދި ދާއިރާގެ ބޭފުޅުންނާއި އެމްޑީޕީގެވެސް ގިނަ ބޭފުޅުންނާއި ބައްދަލު ކޮށްފައިވާކަން ޖާބިރު ފާހަގަކުރެއްވިއެވެ.

ގާފަރު އަދި ކާށިދޫ ދާއިރާގެ ރައްޔިތުންނަށް އަބަދުވެސް ބަލާނެ ކަމަށާއި އެމަނިކުފާނުގެ ދީލަތިކަން އަބަދުވެސް ރައްޔިތުންނަށް ލިބޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދެނީ ދާއިރާގެ ރައްޔިތުންނަށް ހެޔޮގޮތް ކަމަށާއި ދާއިރާއަށް ރަނގަޅު ގޮތް ހޯދަދޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދާއިރާގެ ރައްޔިތުން ދޫކޮށް ވަޑައިނުގަންނަވާނެކަން ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދާއިރާގެ ހުރިހާ ރައްޔިތުން އެމަނިކުފާނު ހޮވާ ދެއްވާނެ ކަމުގެ ޔަގީންކަން އޮންނެވިކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ފެށިގެންދާ އާސާރުކާރަށާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ޑރ. މުއިއްޒަށް ދެއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.  އަދި އިންތިހާބީ ރައީސްގެ ފަރާތުން އެދިވަޑައިގަންނަވަނީ ޖުޑިޝަރީ ސިޔާސީ ނުފޫޒުން އެއްފަރާތްކޮށް މިނިވަން ތަނެއްގެ ގޮތުގައި ހައްދަވައި ދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހަށާއި އެހެން އިސް މަގާމުތަކުގައިވެސް ވައްކަންކުރައްވާފައިވާ ބޭފުޅުން ތިބެން ބޭނުންފުޅު ނުވާކަމަށް ޖާބިރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: