ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު އަލުން އެޕާޓީއިން ބަލައިގަތުމަށް ހުށަހަޅާނަން: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުވެސް ހިނގަންޖެހޭނީ ގަވައިދުގެ ތެރެއިން ކމަށާއި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ބަލައިގަތުމަށް މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުވެސް ހިނގަންޖެހޭނީ ގަވައިދުގެ ތެރެއިންކަމަށާއި، އެމްޑީޕީއަކީ ވަކި މީހެއްގެ މުދަލެއް ނޫންކަމަށެވެ. އެމްޑީޕީގެ ކަންކަން ނިންމާނީ ގައުމީ މަޖިލީހުންކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ބަލައިގަތުމަށް މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެދުގައި އެއްބަސްވުމަކަށް ނާދެވުނުކަން ވެސް ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަމުގައި މަޝްވަރާކުރަންވެސް ފައްޔާޒަށް ނޭންގުނު ކަމަށެވެ. އަދި ފައްޔާޒްގެ ޗެއާޕާސަންކަމާއެކު އެމްޑީޕީއަށް ވަރަށް ބަދުނަސީބު ގޮތެއް މެދުވެރިވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް އައުމަކީ ކަންކަންކުރެވޭނެ ރަނގަޅު މެކޭނިޒަމްއެއް ގާއިމުކުރުންކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަން ރަނގަޅަށް ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ. މިހާރު ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި ސިދާ ބައްދަލުނުކުރެވޭކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ މިއަދު އެމްޑީޕީ ފެއިލްވީ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ މަސައްކަތް ކުރުވުމުން ކަމަށެވެ. ކުރީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނެއް ނޫންކަމަށާއި ކުންފުނިތައް ބޭނުންކޮށްގެން ލާރި އެޅީކަމަށް ވިދާޅުވިއެވެ.

އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ވަރުބަލި ވެފައިވާ ކަމަށާއި ހާއްސަކޮށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަރުބަލުވެފައިވާކަމަށް ވިދާޅިވިއެވެ. އަދި ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށްވެސް ޖާބިރު ގޮވާލެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: