ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންނާއި އަދި މަސްވެރިންގެ މަސައްކަތް ބަލައިގަތީ މިސަރުކާރުން: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންނާއި އަދި މަސްވެރިންގެ މަސައްކަތް ބަލައިގަތް ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކަމަށް އެމްޑީޕީ ޕީޖީ މެންބަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ އޯގާތެރި ވެރިއެއް ކަމަށާއި މިސަރުކާރުގެ ހެޔޮ އޯގާތެރިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށެވެ. މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހެދުމާއި ގުޅިގެން ޖާބިރު ވަނީ މި ސަރުކާރަށް ތައުރީފާއި ސަނާ ކިޔާފައެވެ. އެގޮތުން މިސަރުކާރުން މަސްވެރިން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އެމީހުންގެ އަގު ވަޒަންކޮށްފި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހް މަސްވެރިންނާއި އަދި މަސައްކަތްތެރިންގެ މަސައްކަތް ބަލައިގަނެފައިވާ ކަން ފާހަގަކޮށް ހާއްސަކޮށް އެމަނިކުފާނުގެ ދާއިރާ، ގާފަރު ދާއިރާ އާއި ކާށިދޫ ރައްޔިތުންނާއި، އަދި މުޅި ރާއްޖޭގެ މަސްވެރިންގެ ނަމުގައި ރައީސް އަށް ވަނީ ޝުކުރުދައްނަވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް، މަސްވެރިންނަށް ހާއްސަކޮށް އެބުރަ މަސައްކަތްތެރިންގެ މަސައްކަތް ބަލައިގަނެ އެކޮށްދެއްވި ރަނގަޅު ހެޔޮ މަސައްކަތަށް، މަސްވެރިންނަށް ކުރިން ލިބޭ އަގަށްތުރެން މާ ބޮޑު އެއްޗެއް ކިލޯއަކުން ލިބޭގޮތަށް 25 ރ. އަށް ބަދަލުކޮށްދެއްވީތީ ރައްޔިތުންގެ ފަރާތުން ހާއްސަކޮށް އަޅުގަނޑުގެ ދާއިރާގެ، ގާފަރު ދާއިރާ އާއި ކާށިދޫ ރައްޔިތުންނާއި މުޅި ރާއްޖޭގެ މަސްވެރިން ހުވަދު އަތޮޅުގެ މަސްވެރިންނާއި އެންމެހާ މަސްވެރިންގެ ނަމުގައި ރާއްޖޭޣެ ރައިސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރަން.

ޖާބިރު ވިދާޅުވިއެވެ

މީގެ އިތުރުން މަސްވެރިންނަށް ދަތިތައް ކުރިމަވެފައި އޮތީ ވޭތުވެދިޔަ ސަރުކާރުތަކުން އެ ސިނާއަތާ މެދުގައި އަޅާލަން ވީވަރަށް އަޅާނުލާ އޮތުމުން ކަމަށާއި ރައީސް ސޯލިހް ނިންމެވި ނިންމެވުމަކީ ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: