ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު މަޖިލީހުގެ މުދަލަށް ގެއްލުން ދިން މައްސަލަ ސްލޫކީ ކޮމިޓީއަށް

ޖާބިރު މަޖިލީހުގެ ތަޅުމުގައި އިށީދެވަޑައިގެން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ މުދަލަށް ގެއްލުން ދިން މައްސަލަ ބެލުމަށް ރިޔާސަތުން، އެ މައްސަލަ ސްލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އިއްޔަގެ މަޖިލީހުގައި ޖާބިރު ވަނީ މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު ވާހަކަ ދައްކަވަމުން ގެންދިޔަ ވަގުތު ޖާބިރު ވަނީ އަޑުގަދަކޮށްފައެވެ. އަދި ރިޔާސަތުގެ ކުރިމަތީ ދެކޮޅަށް ހިނގާ، މަޖިލީހުގެ ތަޅުމުގައި އިށީދެވަޑައިގެންވެސް އަޑުގަދަ ކުރެއްވިއެވެ. އެއަށްފަހު ޖާބިރު ވަނީ މައިކަށް ގެއްލުންދީފައެވެ.

މިއަދުގެ މަޖިލީސް ފައްޓަވާ ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މައިކް ވަނީ ބަދަލު ކުރަންޖެހޭ މިންވަރަށް ހަލާކުވެފައިކަމަށެވެ. އެ މައިކް ބަދަލުކުރުމަށް 5،100 ރުފިޔާ ހަރަދު ވާނެކަމަށް މަޖިލީހުގެ ޓެކްނިކަލް ޓީމުން މައުލޫމާތުދީފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މި މައްސަލައިގައި އިމްތިޔާޒާއި ސްލޫކު ކޮމިޓީގެ ލަފާ މުހިންމުކަން އަސްލަމް ފާހަގަކުރެއްވިއެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި މައްސަލައެއް ބަލައި އަޅަންވީ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ރައީސަށް ލަފާ އެރުވުން ހިމޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: