ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވެރިންނަށް މަރުހަބާ ދަންނަވަން ދަރިވަރުން ނެރުމަކީ ތަރުހީބުދޭ ކަމެއްނޫން: މިނިސްޓަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޒުއްދީން ސްކޫލު ހުޅުވައިދެއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެމަނިކުފާނުގެ އަރިހުގައި މަޑުކޮށްލައް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނެރުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ ލ.ގަމުގައި މާދަމާ ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި އެ ރަށު ހަމަދު ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްދޭން އެ ރަށު ކައުންސިލުން އެދިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިނިސްޓަރު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުޙަބާ ދެންނެވުމަށް ދަރިވަރުން ގިނަވަގުތު ކޮޅަށްތިބުމާއި އަވީގައި ބޭތިއްބުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއްނޫން ކަމަށެވެ.

“އެ މަގަށް ކަންނުކުރުމަށް 2 އަހަރު ކުރިންވަނީ ސްކޫލްތަކަށް އެންގިފައި. އަދި ޢަމަލުކުރަމުންދަނީވެސް އެގޮތަށް.” އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން، ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުޙީބުދޭ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ އެއްވެސް ޙަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސް އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައި ނުވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

އެގޮތުން މިފަދަ ޙަރަކާތްތަކުގައި، ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: