ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއިން ގާފަރުގައި އޮޑިވެރިޔާ ފޯރަމް ބާއްވައިފި

އެމްޓީސީސީއިން ގާފަރުގައި ބޭއްވި އޮޑީވެރިޔާ ފޯރަމްގެ ތެރެއިން / އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންގެ ދުވަހާއި ދިމާކޮށް ކ. ގާފަރުގައި “އޮޑިވެރިޔާ ފޯރަމް” މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާއްވައިފި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހަށް އަމާޒުކޮށް ގާފަރުގައި “އޮޑިވެރިޔާ ފޯރަމް” ގެ ނަމުގައި ފޯރަމްއެއް މަސްވެރިންނަށާއި އަދި އޮޑިވެރީންނަށް އެމްޓީސީސީއިން ކުރިޔަށް ގެންދިޔައީ އިއްޔެ އެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި ފޯރަމް ބޭއްވި މައިދަނޑު މަގްސަދަކީ، ކުންފުނިން ވިއަކާ މެރިން ދާއިރާއާއި ގުޅުން ހުރި މުދަލާއި ހިދުމަތްތަކާއި އަދި ބޯޓުޔާޑުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ދާއިރާގެ ވީހާވެސް ގިނަ ފަރާތްތަކަށް ހިއަސާކޮށް، ކުންފުނިން ހޯދައިފައިވާ އިތުބާރު ދެމެހެއްޓުމެވެ.

ފޯރަމް ބާއްވާފައިވަނީ ޑިސެންބަރ 9 ވަނަ ދުވަހުކަމަށް ވާއިރު، ބައްދަލުވުމުގައި އެމްޓީސީސީގެ ބޯޓުޔާޑުގެ އިތުރުން ކަށަވަރުގެ ހިދުމަތްތަކާއި ބެހޭގޮތުން އެމްޓީސީސީގެ އިންޖިނިއަރިންގ އަދި ޓްރޭޑިންގެ 6 މެންބަރުން ހިމެނޭހެން، ޕެނަލް ޑިކްޝަނެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން ޔަންމާ އިންބޯޑް އިންޖީނާއި ސުޒުކީ އައުޓްބޯޑް އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް ހިމެނެއެވެ.

އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް ފޯރަމްގައި ވަނި ހިއްސާކުރި އެވެ. އެމްޓީސީސީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑީވެރިންނާއި މަސްވެރިންނަށް ލިބޭނެ މަގުފަހިކޮށްދިނުމެވެ.

އަމާޒަކީ އަބަދުވެސް ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދީ، އެމްޓީސީސީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: