ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރުގައި މަސްވެރިންނަށް ނުދެވި ހުރީ 185 މިލިއަން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސްވެރިންނަށް ދައުރު ހަމަވުމުގެ ނިޔަލަށް ދައްކަން ޖެހޭ އަދަދެއްގެ ގޮތުގައި ހުރީ 185 މިލިއަން ރުފިޔާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި އެކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު މިއަދު ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރާއި ހަވާލުވެ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ މައްސަލައަށް ހާއްސަ އިސްކަމެއް ދެއްވައިގެން މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއި އެކު 276 މިލިއަނަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ދޫކުރެވުނުކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަތައް ދޮގު ކުރައްވައި އަމީރު ވިދާޅުވީ، ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު ރައީސް ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސިކަމަށެވެ. އަދި ސަރުކާރުން މިފްކޯއަށް މަސްވެރިންނަށް ފައިސާދޭން 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖެއްސިކަމަށް ވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ދިޔައީ އާންމުކޮށް ކޮންމެ ހަފްތާއެއްގައި ވެސް ފައިސާ ދޫކުރަމުން ކަމަށެވެ.

މީގެއިތުރުން ސަރުކާރަށް ފާޑުކިއުން އަމާޒުކޮށް އަމީރު ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނުމަށްވުރެ، އެހެން އިސްރާފްތައް މުހިއްމުވުމުން ފައިސާ ނުދެވޭނެކަމަށެވެ. އޭނާ ވިދާޅުވީ މާ ދަތި އުނދަގޫ ދުވަސްތަކުގައި ވެސް ފައިސާ ދޫކުރިކަމަށާއި، އެކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

މަސްވެރިންނަށް ފައިސާ ދިނުމާއި ގުޅޭގޮތުން ދާދިފަހުން ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ޖޭންޖެހޭ 250 މިލިއަނާއި ގާތް ކުރާ އަދަދެއްގެ ފައިސާ ހަވާލުނުކޮށްހުރިކަމަށެވެ. އެހެންމަވެސް މިހާރު ސަރުކާރުންވަނީ ދެ ފަހަރެއްގެ މަތިން 200 މިލިއަން ހަވާލުކޮށްފައިކަމަށްވާއިރު، އަދިވެސް ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ނުދެވި ހުރި ފައިސާ ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްކަމަށެވެ. އަދި އެއަށްފަހު ކަންކަން އިންތިޒާމުވެގެންދާނީ ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވެގެން ނުދާނެ ގޮތަކަށްކަންވެސް ފާހަގަކުރެއްވިއެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: