ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވީ 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން މަސް ކިރާ، ފައިސާ ދޫކޮށްފައިވަނީ މި 4 އަހަރުގެ ތެރޭގައި!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ސީއީއޯ އިސްމާއިލް ފައުޒީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވީ 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން މަސް ކިރާ، މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ މި 4 އަހަރުގެ ތެރޭގައިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ)ގެ ތަފާސް ހިސާބުތަކުންދައްކައިފިއެވެ.

އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅިގެން ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ކުރެއްވި ޓުވީޓުގައި ފާހަގަކުރައްވާފައިވާގޮތުގައި ހުރި ވަސީލަތްތަކާއިއެކު މިފްކޯގެ ހީވާގި މުވައްޒަފުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

ފާއިތުވި 4 އަހަރު ގަނެވުނު މަހާއި އަދި މަސްވެރިންނަށް ދޫކުރެވުނުފައިސާ ވަނީ އިތުރުވެފައިކަމަށް ފައުޒީ ވަނީ ފާހަގަކުރައްވާފައެވެ. އަދި މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތް ތަކާއިއެކު މިފްކޯގެ މަސްކިރާ ޑިޖިޓަލް އެޕްލިކޭޝަން ލޯންޗްކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ފައުޒީގެ ޓުވީޓުގައި ވަނީ ފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި މިފްކޯއިން މަސްކިރާފައިވާ މިންވަރުގެ ތަފާސް ހިސާބު އަދި މަސްވެރިންނަށް ދޫކޮށްފައިވާ މިންވަރުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ. 12 އަހަރުގެ ތަފާސް ހިސާބަށް ބަޅާއިރު، މިފްކޯއިން އެންމެ މަދުން މަސްކިރާފައިވަނީ 2011 ވަނަ އަހަރުއެވެ. އަދި އެންމެ ގިނައިން މަސްކިރާފައިވަނީ މިއަހަރުގެ ތެރޭގައިކަމުގައިވާއިރު، މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީވެސް މިއަހަރުގެ ތެރޭގައެވެ.

ފައުޒީ ހިއްސާކުރައްވާފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މަސްކިރުމާއި، މަސްވެރިންނަށް ފައިސާ ދިނުންވަނީ އިތުރުވެފައެވެ. އެގޮތުން ކުރީ ވެރިކަން ތަކުގެ ތެރޭގައި މަސް ކިރި އަދަދުތައް 35 މެޓްރިކު ޓަނުން ދަށުގައި ހިފެހެއްޓިފައިވާއިރު، 2018 ވަނަ އަހަރަށްފަހު ކޮންމެ އަހަރެއްގައިވެސް ކިރާ މަހުގެ އަދަދުތައް ވަނީ 42 މެޓްރިކުން މަތީގައެވެ.

މި ބަދަލުތައް އަންނަ ފަށާފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން 2017 ގެ ކުރީގައި ކިރާފައިވާ މަހުގެ އަދަދު 30 މެޓްރިކް ޓަނުން މަތީގައި ހުރީ ހަމައެކަނި 2013 ވަނަ އަހަރުއެވެ. އަނެއްކާވެސް އަދަދުތައް ދައްވުމަށްފަހު 2017 ވަނަ އަހަރުގެ ތެރޭގައި 44.68 މެޓްރިކު ޓަނު މަސް ކިރާފައިވެއެވެ.

ކުންފުނީގެ މަސައްކަތްތައް ރަނގަޅުކަމަށް ފައުޒީގެ ވާހަކައި ދޭހަވީ ނަމަވެސް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއި ކުރައްވާ 18

މިކަންކަމުގެ މައްޗަށް ބަލާ ނެރެފައިވާ މިފްކޯގެ ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި 6،934 މިލިޔަން ރުފިޔާ ލިބި މި މުއްދަތުގެ ތެރޭގައި މަސްގަތުމަށާއި އެފެއްދުމަށް ސީދާ ހިނގި ހަރަދަށް 7،185 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ބޭރުގެ ބާޒާރަށް ކުންފުނިން މަސްވިއްކަމުން ގޮސްފައިވާ މާކެޓް ރޭޓަށްވުރެ ބޮޑު ހަރަދެއް މަސްގަތުމުގައި އަދި ސީދާ ގޮތުން މަސްއުފެއްދުމަށް ހިނގާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މި. މުއްދަތުގެ ތެރޭގައި ޖުމްލަ 250 މިލިޔަން ރުފިޔާގެ ގްރޮސް ލޮސް ކުންފުންޏަށް ލިބިފައިވާއިރު ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުތަކާއި އެކު ޖުމްލަ 1،072 މިލިޔަން ރުފިޔާގެ ސާފް ގެއްލުން (ނެޓް ލޮސް) މިފްކޯއަށް ލިބިފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކުންފުންޏަށް ގެއްލުންވަމުން ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިފްކޯއަށް މަސްގަތުމަށް ސަރުކާރުން ކަނޑައަޅާ ރޭޓަކީ ބޭރުގެ މާކެޓަށް މަސްވިއްކަން ހުންނަ އަގާ އަޅާބަލާއިރު ނިސްބަތުން ބޮޑުއަގަކަށް ވުމާއި، ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވުމާއި، އެކްސްޕޯޓްކުރާ މަހުގެ ޝިޕްމެންޓްތަކުގައި ހުންނަ މަހުގެ ސައިޒާއި، ބާވަތްތައް ތަފާތުވުމުގެ ސަބަބުން ކުންފުންޏަށް ލިބެންވާ އާމްދަނީ ގެއްލިގެން ދިއުން ހިމެނެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މިފްކޯއަށް ލިބޭ ގެއްލުން ފޫބެއްދުމަށް 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 701 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން މިފްކޯއަށް ވަނީ ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: