ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަހްމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން ޕީސީބީން އުވާލައިފިއެވެ.

މި މައްސަލައާއި ގުޅިގެން ޕީސީބީއިން ބުނީ، އެ ބޯޑުން ވާނީ މިފްކޯގެ އެންމެހާ ކަންކަން، މިފްކޯ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ސީއީއޯއަށް ލަފާދީފައިކަމަށެވެ.

ސަމާހު ސަސްޕެންޑު ކުރީ، އޭނާއާއި ގުޅޭ ޝަކުވާތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބަލަމުން ގެންދާކަމަށް އެ ބޯޑުން ބުނެފައިވަނިކޮށެވެ. ކުންފުންޏާއި ގުޅޭގޮތުން ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި، ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ މަންފާއަށް ބޭނުން ކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުންތަކެއް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރުމުގެ އިތުރުން ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި ބައެއް މުވައްޒަފުންތައް ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ބަދަލުކޮށް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުން ހިމެނެއެވެ. އަދި ބައެއް މުވައްޒަފުން މަސައްކަތް ކުރާ ރަށްތައް ބަދަލު ކުރުމުގެ ޝަކުވާ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ކުންފުނީގެ މުވައްޒަފުން ނެގުމުގެ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން އޮތް ގާތް ރައްޓެހިންނަށް ވަޒީފާތައް ދިނުން ހިމެނެއެވެ. އަދި ގަވަނަންސް ގެ އުސޫލުތަކާއި ހިލާފަށް، ހެޑް ހަންޓުކުރުމުގެ ނަމުގައި އެއްވެސް އިއުލާނު ކުރުމެއް ނެތި މީހުން ވަޒީފާއަށް ނެގުމުގެ ޝަކުވާތައް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެގޮތަށް ނަގާ ގިނަ މީހުންނަކީ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް މީހުންނަށްވާއިރު ޓެކްނިކަލް މަގާމުތަކަށް ވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް މީހުން ހަމަޖެއްސުން ވެސް ދަނީ ބަލަމުންނެވެ.

ކުންފުނީގެ އިސްވެރިޔާގެ ހައިސިއްޔަތުން ދަތުރު ކުރާއިރު، ކަމާއި ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުމާއި އަދި ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން ހިމެނެ އެވެ.

ޕީސީބީއަށް ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި، ސީއީއޯގެ އާއިލާގެ މީހުން އޮފީހަށް އައުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: