ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ ރޯދަ ޕްރޮމޯޝަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ތިން ނަސީބުވެރިއަކަށް ފައިސާގެ ބޮޑެތީ އިނާމުތައް ލިބޭ މިފްކޯ ފަސްމީރު ރޯރަ ޕްރޮމޯޝަން ފަށައިފިއެވެ.

މި ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި 200 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

 

ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި އެއްވަނަ އަށް 100،000 ރުފިޔާ، ދެވަނަ އަށް 45،000 ރުފިޔާ އަދި ތިން ވަނަ އަށް 25،000 ރުފިޔާ  ލިބިގެންދާނެ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ރޯދަ ޕްރޮމޯޝަން މާލެ އާއި ހުޅުމާލޭގެ އިތުރުން ފެލިވަރާއި އައްޑޫ އަދި ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ފިހާރަތަކުގައި ކުރިއަށް ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: