ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ބިންދައިގެންދިޔަ މަސްދޯނި: ފޮޓޯ/ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާ އަށް ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން މި ބަދަލު ގެނައުމަށް ނިންމާފައިވާއިރު، މިފްކޯ އިން ބުނި ގޮތުގައި މަސް ގަންނަ އަގު ބޮޑުކުރީ މަސްވެރިކަން ރަނގަޅު ނަމަވެސް މަހަށް ނިކުންނަ ދޯނި މަދުވުމުން ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

މީގެ ކުރިން މިފްކޯއިން މަސް ގަންނަނީ 17 ރުފިޔާއަށެވެ.

މަސް ގަންނަ އަގު ބޮޑުކޮށްފައިވާއިރު، ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޔޫރަޕަށް އަދި އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް މިހާރު ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ފެހި ސިގްނަލް ލިބިފައެވެ. މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރި ކެމްޕެއިންގައި ރައީސް ސާލިހު ވަނީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށްޓަކައި އިތުރަށް ކުރަމުންދާ ކަންކަން ފާހަގަކުރައްވާފައެވެެ. ކުރިއަށް އޮތް އަހަރުގެ ޖޫން މަހާއި ހަމައަށްދާއިރު، މި މަޝްރޫއުތައް ނިމި މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ، ކިރާ، އެއަށްވާ ރަނގަޅު އަގު ލިބޭނަކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: