ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިވަރުގައި މަސްވެެރިންނަށް އެފްއެސްއެމްއިން ތެޔޮ ވިއްކަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެލިވަރުގައި އެފްއެސްއެމް އިން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފިއެވެ.

މިފްކޯގެ ސައިޓްތަކުގައި އެފްއެސްއިން މަސްވެރިންނަށް ތެޔޮ ވިއްކުމަށް އެއްބަސްވެފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯ އިން ހިނގްަމުން އަންނަ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި ވަނީ މިދިޔަ މަހު ތެޔޮ ވިއްކަން ފަށައިފައެވެ.

މިފްކޯ އިން ބުނިގޮތުގައި އެކުންފުނީގެ ބޯޓުތަކުގައި ތެޔޮ ރައްކާކުރެވޭނެ ސްޓޯރޭޖް ކުޑަވުމުން މަސްވެރިން ބޭނުންވާ މިންވަރަށް ތެޔޮ ވިއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބޯޓްތަކުން ތެޔޮ ވިއްކުމުގެ ބަދަލުގައި ތެޔޮ ލިބޭނެ ފަސޭހަ އެހެން އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެފްއެސްއެމް އިން މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ. އަދި އެކަން އަހަރުގެ ފުރަތަމަ ހަތަރުމަސް ނިމުމުގެ ކުރިން ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ.

މިފްކޯ އާއި އެފްއެސްއެމްއާ އެކުގައި ވެވުނު އެއްބަސްވުމާ އެކު ހުރިހާ މަސްދޯނިތަކުން އެފްއެސްއެމްއާ އެކުގައި ކްރެޑިޓް އެއްބަސްވުމެއް ހަދާނެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދޯނި ފަހަރަށް ކްރެޑިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މިއިންތިޒާމްގެ ތެރެއިން މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކްރެޑިޓް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ތެލަށް ދައްކަންޖެހޭ ފައިސާ ސީދާ އެފްއެސްއެމް އަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިފްކޯ އިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63 ރުފިޔާ އަށެވެ. އެ ރޭޓްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެނީ މިފްކޯގެ މަސް ބޯޓްތަކުންނާއި މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ. އެފްއެސްއެމްގެ ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ ހަމަ މިފްކޯ އެކޭ އެއްފަދައިން 17.63 ރުފިޔާ އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: