ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯގެ ބޯޑު އެކުލަވާލަނީ ސީދާ މަސްވެރިންގެ ބައިވެރިވުމާއިއެކު!

ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރޭ ބޭއްވި ޖަލްސާގައި ރައިސް ޑރ. މުއިއްޒު ވިދާޅުވީ، މިފްކޯއަކީ މީގެފަހުން ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ގައުމީ ކުންފުންޏަކަށް ބަދަލުވެގެންދާނެކަމަށެވެ. އަދި މިކަން ހަގީގަތަކަށް ވުމުން، މިފްކޯ ވާނީ ހަމަ ހަގީގަތުގައިވެސް މުސްތަގިއްލު ވަކި ކުންފުންޏަކަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު، މަސްވެރިންގެ ބަސް، މަސްވެރިންގެ އަޑު އެކަމުގައި ހިމެނުމެވެ. އަދި އެކަމަށްޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ ކަަމަށް ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް ކުރެއްވީ ތުރުކީއަށް ކަަމަށާއި، މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫއެއް ކަަމަށް ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: