ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ނިކަމެތިކަމަށް ދާން ޖެހުމުގެ ޒިންމާ ޝަރީފް ނަގަން ޖެހޭނެ: އަދުރޭ

އީސީގެ ކުރީގެ ރައީސް ޝަރީފް އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އޮޅުވާލައި، ވަގަށް ނަގާފައިވާކަން ލީކުވެފައިވާ ފުލުހުންގެ ރިޕޯޓުން ހާމަވާކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިދިޔަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކާނިވާގައި އޮތް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަދައްކަވާފައިވަނިކޮށް، ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނީ އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މައްސަލައިގައި ދީފައިވާ ބަޔާނެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ލީކުވެފައިވާ ފުލުހުންގެ ބަޔާނަކީ އެއީ ތެދު ބަޔާނެއްކަން ސާބިތުވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފުލުހުންނަށް ފާހަގަ ކުރެވުނު 54 ނުކުތާއެއް ފާހަގަކޮށްފައިވާއިރު އޭގެއިން ވެސް ދޭހަވަނީ އިންތިހާބަށް ނުފޫޒު ފޯރުވާފައި އޮތް މިންވަރުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޕޯޓުގައި ވާ ކަންކަން ދެނެގަތުމަށް އިދިކޮޅުގެ ގާނޫނީ ޓީމުން މަސަައްކަތްތައް ކުރަމުންދާކަން ފާހަގަކޮށް، އަބްދުއްރަހީމް ވިދާޅުވީ ރިޕޯޓުގެ ދިރާސާ ނިމުމުން އެ ނުކުތާތަކަށް ވާހަކަ ދައްކާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ފުލުހުން ފާހަގަކުރިކަމަށް ބުނާ ނުކުތާތަކެއް ހިމެނޭ ރިޕޯޓެއް އާއްމުވުމުން ވެސް، މުވައްސަސާ ހަނު އޮތުމަކީ އެއީ ސައްހަ ވާހަކަތަކެއްކަން ދޭހަވާ ހެއްކެކެވެ. އަބްދުައްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު އޮޅުވާލުމަށް މަސައްކަތްކޮށްފައި ވަނީ މިހާރުގެ ސަރުކާރު ހިންގަން ތިބި ވެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކޯލިޝަންގެ އެހެން ލީޑަރުން ހިމެނޭހެން ކަމަށެވެ. އަދި އެކަމުގައި އެބޭފުޅުނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އަވައްޓެރި އިންޑިއާކަމަށް އޭނާ ވިދާޅުވި އެވެ.

އީސީ ޝަރީފަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަބްދުއްރަހީމް ވަނީ، އޭނާ ވަގުތުން ހައްޔަރު ކުރަން ގޮވާލާފަ އެވެ. ރާއްޖޭގެ މިއަދުގެ ހާލަތާއި، ދިމާވަމުންދާ ހުރިހާ ގޮންޖެހުންތަކެއްގެ ޒިންމާ އެންމެ ފުރަތަމަ އެޅެނީ ޝަރީފުގެ ބޮލުގައިކަމަށާއި ރާއްޖެ ނިކަމެތިކަމާއި އަދި ހަމަނުޖެހުމަކަށް ދާން ޖެހުނީ އެނާގެ ސަބަބުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބު ގަޑުބަޑު ކުރުމުގައި ފުލުހުންގެ އިހުމާލު އެބައޮތްކަމަށް ބުނެ ވެސް އަބްދުއްރަހީމް ނުރުހުންފާޅު ކުރެއްވި އެވެ. އަދި ވިދާޅުވީ އިންތިހާބު ވަގަށް ނެގުމުގައި ނުވަތަ އޮޅުވާލުމުގައި ފުލުހުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތްން މިއަދު ބުނެވެން އެބަ އޮތްކަމަށެވެ.

މިކަމާ ގުޅޭ ފުރިހަމަ ތަހުގީގެއްއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ އެންމެހާ މުއައްސާތަކަށް އިދިކޮޅުން ގޮވާލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: