ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ކުރާ ހަރަދުތަކުގެ ތަފާސްހިސާބު އާއްމު ނުކުރާތާ 1 މަސް!

ކޮވިޑު ސާމްޕަލް ނެގުމުގައި އެޗްޕީއޭ ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކޮވިޑު 19 އަށް ހަރަދު ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް ވަކި މުއްދަތަކާއި ހަމައަށް އާއްމު ކުރުން ހުއްޓާލައިފި އެވެ.

ރާއްޖެއަށް ދިމާވި ބަލިމަޑުކަމުގެ ތެރެއިން، ކުރާ ހަރައްދުތައް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރުން ފެށިގެން ކޮންމެ ހަފްތާއަކު އާއްމު ކުރެ އެވެ، ނަމަވެސް ތަފާސް ހިސާބުތައް އާއްމު ކުރުން އޮކްޓޯބަރު ބަހު ހުއްޓާލައި ފިނޭންސްއިން ބުނީ ދެން ތަފާސްހިސާބުތައް އާއްމު ކުރަން ފަށާނީ ޖެނުއަރީ 15 އިން ފެށިގެން ކަމަށެވެ.

ކޮވިޑާއި ދެކޮޅަށް ކުރި ހަރަދުތަކުގެ ތަފްސީލުތައް ދައްކާ ގޮތުގައި ހެލްތް މިނިސްޓްރީން 843 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން 784.4 ހަރަދުކޮށްފައިވާ އިރު، އައިޖީއެމްއެޗް އިން 193.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުގެ ރިޕޯޓުގައި އެހެން އިދާރާތަކުން ވެސް ކޮވިޑަށް ހޭދަކުރާ މިންވަރު ތަފްސީލުކޮށް ބަޔާންކުރެވިފައިވެއެވެ. އޭގެ ތެރޭގައި ޕޮލިސް ސާވިސް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާސް ވެސް ހިމެނެއެވެ.

ތަފާސްހިސާބުތައް އާއްމުންނާއި ހިއްސާކުރުން ހުއްޓާލާފައިވާ އިރު، މިކަމިގެ ސަބަބެއްގެ ގޮތުގައި މިނިސްޓްރީއިން ބުނެފައިވަނީ ކޮންމެ ހަފްތާއަކު ވެސް ކޮވިޑަށް އެއް މިންވަރަކަށް ހަރަދު ކުރުމުވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: