ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ޖެނުއަރީން ފެށިގެން ޑިޕާޗަރ ޓެކްސް ނަގާނެ!

އިންޓަނޭޝަނަލް ބައެއް އެއާލައިންތައް ވީއައިއޭގައި ޕާކުކޮށްފައި/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގާ އެއާޕޯޓް ޓެކްސްގެ ބަދަލުގައި ނަގާ ޑިޕާޗާ ޓެކްސް އަންނަ ޖެނުއަރީ 01 އިން ފެށިގެން ނަގާނެކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ގާނޫނުގައި ބުނެފައިވާ އެއާޕޯޓު ސާވިސް ޗާޖު މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ނެގުން ހުއްޓާލަނީ، ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އާއި އެކު އާ އަހަރު ފެށުމުން އިކޮނޮމީ ކުލާހުގައި ދަތުރު ކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓުކޮށް ދަތުރުކުރާ ފަސިންޖަރުން އަދި، އުމުރުން ދެ އަހަރު ނުވާކުޑަކުދިންގެ އަތުން މި ފީ ނުނަގާނެ އެވެ.

ޑިޕާޗަރ ޓެކްސް ބެހިގެން ވަނީ ހަތަރު ބަޔަކަށެވެ. އެއީ އިކޮނޮމީ ކްލާހާއި، ބިޒްނަސް ކްލާސް، ފަސްޓް ކްލާސް އަދި ޕްރައިވެޓު ޖެޓުތަކެވެ. އިކޮނޮމީ ފްލައިޓު ތަކުން ދަތުރުކުރާ ދިވެހިން 12 ޑޮލަރުގެ ޓެކްސް އެއް ދައްކަން ޖެހޭ އިރު، ރާއްޖެ އަންނަ ފަތުރުވެރިން 30 ޑޮލަރުގެ ޓެކްސް އެއް ދައްކަން ޖެހޭނެ އެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަރާތްތަކުން ޑިޕާޗަރ ޓެކްސް ގެ ގޮތުގައި 60 ޑޮލަރު ދައްކަން ޖެހެއެވެ. އަދި ފަސްޓް ކްލާސްގައި ދަތުރުކުރާ ނަމަ ޓެކްސްގެ ގޮތުގައި 90 ޑޮލަރު ދައްކަން ޖެހެއެވެ.

މީގެ އިތުރުން ޕްރައިވެޓު ޖެޓު ތަކުގައި ދަތުރު ކުރާ ދިވެހިނާއި ބޭރުގެ ފަސިންޖަރުން ވެސް ޓެކްސް ގެ ގޮތުގައި 120 ޑޮލަރު ދައްކަންޖެހޭނެ އެވެ.

ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، 2019 ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދެވެ. މި ބިލު ފާސް ކުރީ މިދިޔަ ޖުލައި ގައެވެ.

އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް  ދައްކަން ޖެހޭނީ ޑޮލަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: