ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބޮޑުކުރުމަށް މަޓީގެ ތާއިދެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހެށަހެޅުމަށް ތާއިދުނުކުރާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލް މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށް ކަމާއިގުޅޭ ފަރާތްތައް ހާޒިރުކޮށް މައުލޫމާތު ސާފް ކުރަމުންދާއިރު މަޓީގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައި ވަނީ  މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަަށީގެންވާ ވަގުތު ނޫންކަމަށެވެ.

ސަބަބެއް ކަމަށް މަޓީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ވެސް އަންނަނީ އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޓެކްސްއަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެންމެ މަދުވެގެން 12 މަސް ދުވަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި މަޓީން ބުނެފައި ވެ އެވެ.

ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އިން އާއްމު ކުރި ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރުތަކެއް ކުރުމާއި އެކު ޓެކްސް ބޮޑު ކުުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދުގެ ތެރެއިން ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ބުނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލަށް ބަލައި ޓެކްސް ބޮޑު ކުުރުމަށް ނިންމުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލީޙުގެ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ބޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަސް ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: