ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބިލަށް އެމްޑީޕީގެ ތްރީލައިން ވިޕެއް؛ ހިތަށް ވަންނަނީ ބިރުވެރި ހުދުމުހުތާރު ތަސައްވުރެއް: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ކޮމެޓީ މަރުހަލާގައި ވަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުމުން ހިތަށްވަންނަނީ ބިރުވެރި ހުދުމުހުތާރު ތަސައްވަރެއް ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވޯޓުދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެކަމަށް ފާޑުވިދާޅުވެ އަލީ އާޒިމް ކުރެއްވި ޓުވިޓުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ޚަރަދު ދެކޮޅުޖެއްސުމަށް ޓެކްސް ބޮޑުކުރުމާމެދު ޚިޔާލުތަފާތުވުމުން ކޮމެޓީއިން ފިނޭންސް މިނިސްޓަރާ، ވިޔަފާރިވެރިންނާއި ޓުއަރިޒަމް ސެކްޓަރާ މަޝްވަރާކުރުމުގެކުރިން ބިލް އޮތްގޮތަށް ފާސް ކުރުމަށް 3 ލައިން ވިޕެއްނެރުމުން ހިތަށްވަންނަނީ ބިރުވެރި ޚުދުމުހުތާރު ތަސައްވަރެއް ކަމަށެވެ.

އަލީ އާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރެކެވެ. އެގޮތުން ބިލް ދިރާސާ ކުރުމަށް ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އަލީ އާޒިމް ވިދާޅުވެފައި ވަނީ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސަރުކާރުގެ ހަރަދުކުޑަކުރުން ކަމަށެވެ. އަދި ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެއް ބޮޑުކުރުމަށް ތާއިދު ނުކުރައްވާނެ ކަމަށް ވެސް އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

ޓެކްސް ބޮޑު ކުރުމަށް ނިންމައި، ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުން ފެށިގެން ބިލު ގާނޫނަކަށް ވެސް ތަސްދީގު ކުރަން ފެށުމެވެ. ނަމަވެސް އެކަމަށް ދެކޮޅު ހައްދަވަމުން ގެންދަވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝިދާއި އަރިސް މެމްބަރުންނެވެ. އެމަނިކުފާނު ވެސް ހިމެނޭހެން، މެމަބަރުން ތަކުރާރުކޮށް ގޮވާލަމުން ދަނީ ސަރުކާރުން ކުރަމުން ދާ ބޭކާރު އެތެރޭގެ ހަރަދުތައް ކުޑަކުރުމަށެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ. މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: