ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މަޤާމުން ވަކިކުރާ މައްސަލަ އެމްޑީޕީން ކޯޓަށް ހުށަހަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެޖެންޑާކުރި ޖަލްސާ މިއަދު ކުރިއަށް ގެންދެވޭ ގޮތް ނުވުމުން މި މައްސަލަ ކޯޓަށް ހުށަހަޅަން އެމްޑީޕީއިން މަޝްވަރާ ފަށައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޢުލޫމާތުދޭ ގޮތުގައި ރައީސް ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ކޯޓަށް ދާން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެ ޕާޓީގެ ސެކްރެޓޭރިއަޓާ މިއަދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް މަޝްވަރާ ކުރާނެކަމަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އިޢުލާންކުރައްވާ އަމީން އާންމު އިއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުގެ ސަބަބުން، މާދަމާއަށް އެ މައްސަލަ އެޖެންޑާކުރުމަށް ނިންމާ މިއަދުގެ ޖަލްސާ ނިންމާލާކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ސަލާމުގައި ހުންނެވުމުންކަމަށްވެސް ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ފޮނުވުމަށްފަހު ނޯޓިސް ހަމަވުމާއެކު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަށް މައްސަލަ އެޖެންޑާކުރަންޖެހޭކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ބަލަހައްޓަންވާނެކަމަށް ބަޔާންކުރާކަމަށާއި، ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އާލާސްކަންފުޅަ އުޅުއްވާކަމަށް ވިދާޅުވެ ސަލާމް ފޮނުއްވާފައިވާކަމަށް ނިއުޝާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: