ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން ބާއްވައިދޭން އެމްޑީޕީގެ ޕީޖީން އެދުނު ޖަލްސާ މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން ބާއްވައި ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބޭއްވުމަށް ނިންމާ ޖަލްސާގެ އެޖެންޑާ އާންމުކޮށްފިއެވެ.

މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި އެކު، މަރުތަޅު އެޅުވިފައިވާ ޖަލްސާތަކަށް ހައްލެއް ނުލިބި މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ހުށަހެޅީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ މެމްބަރުންނަށް އައި ބަދަލާއިއެކު މަޖިލީޙުގެ ދާއިމީ ކޮމެޓީތައް އެކުލަވާލެވިފައި ނުވާތީއާއި އަދި މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ހަރީޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިމިފައި ނުވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބޭއްވުމަށް މާދަމާއަށް ތާވަލް ކޮށްފައިވާއިރު އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ އެކަންޏެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު ޖަލްސާތައް ހުއްޓުމަކަށް އައިސް ރައީސް ނަޝީދު ހުށަހެޅުއްވީ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެމްޑީޕީން އެކަމަށް ދެކޮޅެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ) ބުނާގޮތުގައި، ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި އެކު ޖަލްސާތައް ކުރިޔަށް ގެންދަން ހުށަހަޅައިފި ނަމަ އެންމެ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ވާނެ އެވެ.

އެ މާއްދާގައި ވަނީ މަދުވެގެން 29 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާ ހުށަހެޅުމުގައި، ދައުރު ދަންމާލުމަށް ބޭނުންވާ ސަބަބު ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ހުށަހެޅުން ފޮނުވަން ޖެހޭނީ މަޖިލީހުގެ ރައީސަށްކަމަށް ގަވައިދުގައި ވެއެވެ. އެއަށް ފަހު ޖަލްސާއެއް ނުވަތަ، ޖަލްސާތައް ބޭއްވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭން ވާނެ އެވެ.

ދައުރުން ބޭރުން ޖަލްސާ ބާއްވަން ބޭނުންވާ ސަބަބެއްކަމަށް އެމްޑީޕީގެ ހުށަހެޅުމުގައި ވަނީ، ދާއިމީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އެކަން ކުރުމަށާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދިއުމެވެ. އަދި މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަގާމުން ދުރު ކުރުން ވެސް އޭގެތެރޭގައި ހިމެނެ އެވެ.

މި ހުށަހެޅުމުގެ ތަފްސީލު ދެއްވައި، އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު އެކަމަށް ފުރުސަތު ނުދެއްވީ ގަސްތުގައި ކަމަށެވެ. އަދި ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވި ގޮތަށް ފާޑުވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ރައީސް ނަޝީދު މިއަދުގެ ޖަލްސާ ނިންމާލީ ބަހުސް ކުރުމަށް އެދިފައިވަނިކޮށްކަމަށާއި، ޕާޓީއަށް ބަހުސްގެ ވަގުތު ވެސް ބާކީ އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: