ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްގެ ބިލަށް ތްރީލައިން ވިޕެއް؛ ވިޕާއި ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނަން: އަސްލަމް

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި 241 ކޮމެޓީގެ މުގައްރިރު މުހައްަމދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލްތަފާތުވުންތަކެއް އުފެދިފައިވާ ޓެކްސްގެ ބިލަށް ވޯޓުދިނުމަށް މަޖުބޫރުކޮށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލް މަޖިލީހުން ބަލައިގަނެ މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.

“ސަންގު” އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރުނީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ކަމަށެވެ.

އަސްލަމް ވިދާޅުވީ ބިލް ކޮމެޓީ މަރުހަލާގައި ވަނިކޮށް ޓެކްސްގެ ބިލަށް ތްރީލައިން ވިޕެއް ނެރުނީ ބިލްގެ މުހިންމު ކަމުން ކަމަށާއި އަދި ޕީޖީ ގުރޫޕްގެ ތްރީލައިން ވިޕާއި ހިލާފަށް ވޯޓު ދެއްވާ މެމްބަރުންނާއި މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ބިލަށް ތްރީލައިން ވިޕެއް ނެރުނު ނަމަވެސް މެމްބަރުން ބޭނުންވާ އިސްލާޙްތައް ބިލަށް ގެނެވޭނެ ކަމަށާއި ނަމަވެސް ބިލް ބޭރު ކުރުމަށް ވޯޓު ނުދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ބިލްތައް ކޮމެޓީ މަރުހަލާގައިވަނިކޮށް މީގެކުރިން ވެސް ތްރީލައިން ވިޕް ނެރެފައިވާ ކަމަށާއި މިއީ އަލަށް ކުރި ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލީޙުގެ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ބޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަސް ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.

މި ނިންމުމާއި ގުޅިގެން ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރި އެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އިން އާއްމު ކުރި ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރުތަކެއް ކުރުމާއި އެކު ޓެކްސް ބޮޑު ކުުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދުގެ ތެރެއިން ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ބުނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލަށް ބަލައި ޓެކްސް ބޮޑު ކުުރުމަށް ނިންމުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: