ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހުސް ކުރަން އިންތިހާބުވީ، ޖާގަ ނުދޭ ނަމަ ވިޕަކަށް ތަބާ ނުވާނަން: އީވާ

މެމްބަރު އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަހުސްކުރަން ޖާގަ ނުދޭ ވިޕަކަށް ތަބާ ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ވަޓްސްއެޕްއަށް މެސެޖުކުރައްވާ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲާ ވިދާޅުވީ ޕާލިމެންޓަރީ ގުރޫޕަށް ހުށަހެޅޭ މައްސަލަތަކުގައި ބަހުސްކޮށްގެން ގޮތް ނިންމަން ފުރުސަތު ނުދޭ ވިޕަކަށް ތަބާ ނުވާނެކަމަށެވެ.

ބަހުސްކުރަން ޖާގަ ނުދޭ ވިޕަކަށް ތަބާ ނުވާނެކަމަށް އީވާ ވިދާޅުވީ، އެމްޑީޕީން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ވަނި، އެފަދައިން ކަން ކުރަން ނިންމި ނިންމުމަށް ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ކަނބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޕާލިމެންޓަރީ ވިޕަށް ހިލާފުވުމަށް ވިދާޅުވުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، އެމްޑީޕީގެ ޕީޖީ ގުރޫޕަށް މެސެޖެއް ކުރައްވާ އީވާ ވިދާޅުވީ، މެޖޯރިޓީގެ ނިންމުމަކަށް ތަބާވުމަކީ، ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ ރީތި އެއް އުސޫލު ކަމަށްވީނަމަވެސް، މައިނޯރިޓީގެ އަޑު އުފުލަން ޖާގަ ދިނުމަކީވެސް އެފަދަ ރީތި އެއް ސިފަކަމަށެވެ. އެހެންކަމަށް ވުމުން އެފުރުސަތު ހަނިކޮށް ނެރޭ ވިޕަކަށް ތަބާ ނުވާނެކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.

“މެޖޯރިޓީ އޮތަސް މައިނޯރިޓީ އާއި އަދި އެހެން ހިޔާލުތަކަށް ޖާގަ އޮތުން. މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާއި މަޖިލީހުގެ އަސާސްތަކާ ހިލާފަށް މަޝްވަރާ އާއި ބަހުސްއަށް ވެސް ޖާގަ ބަންދުކުރުމެއް ނޫން،” އީވާ

“އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާ ވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބުކުރީ ބަހުސްކުރަން.” އީވާ

މީގެ އިތުރުން އީވާ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައިވެސް މައިނޯރިޓީއަށް އަޑުއުފުލާ ބަސް ބުނުމުގެ ހައްގު އޮންނަން ވާނެކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތްތަކުގައިވެސް “އެޅިހާ ބަތަކަށް ރިހަ ނުވާނެ” ކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ، ވިޕްލައިނަށް ތަބާނުވާނެކަމަށް ވިދާޅުވުމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅަންވީކަމަށާއި އެކަމަނާ އިންތިހާބު ވެފައިވަނީ ބަހުސް ކުރަން ކަމަށްވެސް އީވާ ފާހަގަކުރެއްވިއެވެ.

ބަހުސްކުރަން ޖާގަ ނުދޭ ވިޕަކަށް ތަބާ ނުވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެފައިވާއިރު، އެންމެ ފަހުން އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމަށް ފަހުގައި އެޕާޓީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ކަންކަމުގައި މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވެ ޕާޓީން ނެރޭ ހުރިހާ ވިޕަކަށް އަމަލުނުކުރާން ނިންމާފައެވެ. ނަޝީދަށް ތާއީދުކޮށް 16 މެމްބަރެއް މިފައިން ކަން ކުރަން ނިންމާފައިވާއިރު، އެކަމާއި ގުޅިގެން ބައެއް މެމްބަރުންނަށް މިހާރު ފިޔަވަޅު އެޅިފައިވާކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާކަމަށްވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: