ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހާލަތު ފޫބެއްދުމުގެ ޒިންމާ ރައްޔިތުން ބޮލުގައި އެޅުވުން ޒިންމާދާރުކަން ކުޑަ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ހާލަތު ފޫބެއްދުމުގެ ބުރަ ރައްޔިތުން އުފުލަންޖެއްސުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށްވެ، ދަރަނީގެ އަދަދުތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރުމަށް، ވެރިކަން ކުރާ ޕާޓީއިން ތްރީ ލައިން ވިޕެއް ނެތި، އެ ބިލު ފާސް ކުރުމުގެ މަސައްކަތްތައް ކުރަމަންދިއުމާއި އެކު، ނުރުހުން ފާޅުކުރައްވާ ހަސަން ލަތީފްވަނީ، ސަރުކާރު މިހާރު އޮތީ “މިސް މެނޭޖްޑް” ހާލަތެއްގައިކަމަށެވެ.

އެނާ ވިދާޅުވީ، އެފަދަ “މިސް މެނޭޖްމެންޓް” ތަކަކީ ތަކުރާރުކޮށް ފެންނަމުންދާ ކަންކަން ކަމަށެވެ. އަދި ސަރުކާރުން ބޭކާރު ހަރަދުތައް ކުރާކަމަށާއި، އެކަމުގެ ސަބަބުން ގެއްލުންތަކެއް ވަމުންދާކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ސަރުކާރުގެ ބޭކާރު ހަރަދުތަކުގެ ސަބަބުން ވާ ގެއްލުންތައް ފޫބެއްދުމުގެ ޒިންމާ ރައްޔިތުންގެ ބޮލުގައި އަޅުވައި، ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް ކުއްލިޔަކަށް އިތުރު ކުރުމަށް ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.

ހަސަން ލަތީފްގެ އިތުރުން ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ، ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރުމަށް ސަރުކާރުން ނިންމައި، އެކަން ފާސް ކުރުމަށް ގެންގުޅެމުންދާ އުސޫލަށް ފާޑުވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖެއްސުމަށް ޓެކްސް ބޮޑު ކުރުމާއިމެދު ކޮމިޓީއިން ހިޔާލު ތަފާތުވުމުން، އިތުރު މަޝްވަރާތަކަށް ޖާގަ ނުދީ ބިލު އޮތް ގޮތަށް ފާސް ކުރުމަށް ތްރީ ލައިން ވިޕެއް ނެރުމުން ސިފަވެގެންދަނީ ހުދުމުހުތާރު ތަސައްވަރެއްކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: