ބ. އަތޮޅު ވައްކަރު މޯލްޑިވްސް ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކުން ފެންނަގޮތުން އެ ރިސޯޓުގެ ލެގޫން ބާގައި ވަނީ ވަރަށް ބޮޑަށް ހުޅު ހިފާފައެވެ.

