ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދގެ އަމާޒެއްކީ ވީއެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުން: ޝާހިދު

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޯޕަނިންގ ސްޓޭޓްމަންޓް ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަހަމަ ގޮތެއްގައި ހުރިހާ ފަރާތްތަކަށް، ހުރިހާ ތަނެއްގައި ވީއެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަކީ އދގެ އެންމެ ބޮޑު އެއް އަމާޒެއްކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިގޮތަށް ވިދާޅުވެފައިވަނީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަސް ފުރުމާ ދިމާކޮށް ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

“އަޅުގަނޑު މި ވާހަކަ އަށް ވަކާލާތު ކުރަމުން މި އަންނަނީ ސެޝަން ފެށުނީއްސުރެ، އަދި އަޅުގަނޑު މި ކުރާ މަސައްކަތް ފަހަކަށް އައިސް އިތުރުކުރީން. މިވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ވެކްސިންއާ ބެހޭގޮތުން އާ އަހަރުގެ “ރެޒޮލިއުޝަން” އެއް. އަޅުގަނޑުގެ އުންމީދަކީ، މިއަންނަ ޖެނުއަރީގައި ނިއުޔޯކްގައި ބާއްވާ ހައިލެވެލް އިވެންޓް އޮން ވެކްސިން އިކުއިޓީ އަށް 193 މެމްބަރު ގައުމުތައް މިކަމާ ގުޅިވަޑައިގަތުން.” ޝާހިދު

މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ވެކްސިންގެ މައްސަލައަކީ ދުނިޔޭގެ އެންމެންނަށް އޭގެއިން ފައިދާލިބި އަސަރުކުރާ ކަމެއްކަމުން އެޙަފްލާ ޕްރޮމޯޓްކޮށް ކަވަރ ކުރުމުގައި އެންމެންގެ ވެސް އެހީތެރިކަން ބޭނުންވާނެ ކަމަށާއި ހަމަ ހަމަ ގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

އަމާޒަކީ، ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް، ހުރިހާ ތަނެއްގައި ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ބޭނުންވަނީ، މުޅި ދުނިޔެއަށް ވެކްސިން ކަށަވަރު ކުރުމަށްޓަކައި، ސިޔާސީ ގޮތުން އާ ޢަޒުމަކާއި، މާނަވީ ބައިވެރިވުމެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: