ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ށ. ފީވަށް ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިއްޖެ

ފީވަށް ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގެ 72% ނިމިއްޖެ/ ފޮޓޯ:- އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 72 އިންސައްތަ ނިމިއްޖެއެވެ.

ށ. ފީވަށް ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން ކާނު ގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98އިންސައްތަ ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި އެތަން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމުގެ އިތުރުން 460.29 އަކަ މީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: