ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާގެ މާޒީ ތަކުރާރުވެ، ދަރިވަރުން މަގުމަތިވާން ބެލެނިވެރިން ބޭނުމެއް ނޫން!

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލު ކުރިމަތީގައި އިހުތިޖާޖު ކުރުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ، ދަރިވަރުންގެ ރައްކާތެރިކަމަށް ވިސްނައި އާ އިމާރާތެއް އެޅުމަށް އެދެމުން ދަނިކޮށް ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫކަށް ބަދަލު ކުރުމާއި ދެކޮޅު ހަދައި ބެލެނިވެރިން އިހުތިޖާޖުކޮށްފި އެވެ.

އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވެފައިވާތީ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިދިޔަ އަހަރުން ފެށިގެން ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށް، މައްސަލަ ގޯސްވީ އިމާރާތުގެ ހާލަތު މީޑިއާގެ ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުވާން ފެށުމުންނެވެ.

ތަނުގެ އެސެސްމެންޓެއް ހެދުމަށް ފަހު އެޑިއުކޭޝަނުން ނިންމީ، އަރަބިއްޔާ ސްކޫލުގެ އިމަރާތް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރުން އެއީ އެންމެ ފަނގަޅު ގޮތަކަށް ނުވާތީ ވަގުތީ ގޮތުން އެހެން އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ. އިމާރާތުގެ މަރާމާތަށް ވަގުތު ބޭނުންވާކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓްރީން މި ހަފްތާގައި އާއްމު ކުރި ބަޔާނުގައި ވަނީ އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ކަންތައް އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށެވެ.

އެކަމާއި ދެކޮޅަށް ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން އާއްމު ކުރި ބަޔާނުގައި ބުނީ، ދަރިވަރުން އިއްޒުއްދީން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ. އަދި އަރަބިއްޔާ މަގުމަތި ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ، ކަންބޮޑުވުން ފާޅު ކުރި އެވެ.

ސްކޫލުގެ ބެލެނިވެރިން އިއްޔެ ހަވީރު ކުރިޔަށް ގެންދިޔަ އިހުތިޖާޖަކީ ވެސް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތަކަށް އިއްޒުއްދީނަށް ބަދަލުކުރުމާއި ގުޅިގެން، ކަން މިހެން ވިޔަ ނުދިނުމަށްޓަކައި އަޑު އުފުލުމުގެ ގޮތުން ކުރިއަށް ގެނދިޔަ ހަރާކަތެކެވެ. އެޑިއުކޭޝަންގެ ނިންމުމުގެ ސަބަބުން މާޒީ ތަކުރާރުވުމުގެ ބިރު އެބައޮތްކަން ބެލެނިވެރިންނާއި މުދައްރިސުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި އަރަބި މުގައްރިރަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުގެ ދަރިވަރުންތަކެއް އެހެން މުގައްރިރަކާއި އުސޫލުތަކަށް އަމަލު ކުރާ ސްކޫލަކާއި މަސްހުނި ވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ބެލެނިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

އެޑިއުކޭޝަން ގެ ނިންމުމާއި ގުޅިގެން ސްކޫލުގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނުގައި ޕީޓީއޭ އިން ވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅު އަރަބިއްޔާގެ އިމާރާތާ ގުޅޭ ގޮތުން ހެދުނު ވިޝުއަލް އެސެސްމަންޓްގައި ދީފައިވާ ލަފަޔަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރެއްވުމެއް ނެތި، ދަރިވަރުން އަރަބިއްޔާގެ އިމާރާތަކަށް ބަދަލު ކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކޮށް ތިބެ، އެ ކުދިންނަށް މިވަގުތު އެއްވެސް ކަހަލަ ނުރައްކަލެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގައި، ދިވެހި އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާކަން ފާހަގަކޮށްފައެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ، އިއްޒުންދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެން ކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމާއި ސުލޫކަށް އަދި އެހެނިހެން ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންނަށް ޔަގީން ކޮށްފައިވެ އެވެ.

މާޒީގައި އަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިކަމަށް ވުމުން، ދަރިވަރުން އިއްޒުދީނަށް ނުފޮނުވާނެކަން އަރަބިއްޔާގެ ޕީޓީއޭ އިން ނެރުނު ބަޔާނުގައި ސާފުކޮށް ލިޔެފައިވެ އެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނަމަ، ރައީސް އޮފީސް ދޮށަށް އެއްވާން ތައްޔާރަށް ތިބިކަމަށް ވެސް ބެލެނިވެރިން ބުނެ އެވެ.

އަރަބިއްޔާގެ ދަރިވަރުން މީގެ ކުރިން ވެސް އެހެން ސްކޫލަކާއި އެއް ކުރުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: