ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅުގައި ޕޯޓު އަޅަން މާލެ ރައްޔިތުން ބޭނުންނުވޭ: ޑރ މުއިއްޒު

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރަން މިސަރުކާރުން ބޭނުންވިޔަސް، މާލެސިޓީގެ ރައްޔިތުން އެގޮތް ބޭނުންނުވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ގުޅީފަޅުގައި ޕޯޓު އެޅުމުގެ ބަދަލުގައި އެތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް، އެކަމަށް އެކަށީގެންވާ އިޖާބައެއް ދެއްވާފައިނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅިފަޅުގައި ޕޯޓު އެޅުމަކީ މިސަރުކާރުން ކުރަން ބޭނުންވާ ކަމަކަށް ވާތީ ގުޅިފަޅުގައި ޕޯޓު އެޅުމަށްފަހުވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ޖާގަ އޮންނާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން އެސަރަހައްދުގައި 200 އެއްހާ ހެކްޓަރުގެ ބިން ހިއްކައި ގޯތި ދޫކުރެވޭނެ ޖާގަ އެތަނުގައި އެބައޮތްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އެތަނުގައި 30،000އެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ގުޅިގެން ކުރުމަށް އަންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށާއި އެހެންނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މާލެ ރައްޔިތުންނާއި މެދު ސަރުކާރުގެ ނިޔަތް އެއްވެސް ވަރަކަށް ރަނގަޅު ނޫންކަމަށާއި ކަންކަންވަމުންދަނީ ރައީސް ވިދާޅުވާ ގޮތް ނޫން އިދިކޮޅަށް ކަމަށް މޭޔަރު ވިދާޅުވިއެވެ. އެއްވެސް ކަމެއްގައި އަމަލާއި ބަހާއި ދިމާނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

މިވާހަކަތައް ތަކުރާރުކޮށް ދައްކަންޖެހެނީ މާލެ ސިޓީގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސިޓީ ކައުންސިލުން ބޭނުންވާތީކަމަށް މޭޔަރު ވިދާޅުވިއެވެ. ސަރުކާރުން އިހްލާސްތެރި ނިޔަތެއްގައި މަސައްކަތްކޮށް މާލެ ރައްޔިތުން ނިކަމެތިނުކުރުމަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ. އެގޮތުން ގުޅިފަޅުންވެސް އަދި ހުޅުމާލޭގެ ދެވަަނަ ފޭސްއިންވެސް މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޫކުރުމަށް މުއިއްޒު ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ފާސްކުރީ ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް އޮވެގެން ނޫންކަމަށެވެ. ޚާއްސަކޮށް މާލެ ސިޓީގެ ކަންކަމާއި ޖެހުމުން ލާމަރުކަޒީ ގާނޫނުގެ އެއްވެސް ކަމެއް ތަންފީޒްކުރަން ސަރުކާރުން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އިދިކޮޅު ޕާޓީގެ މެޖޯރިޓީއެއް ކައުންސިލްގައި އޮތުމުން މިސަރުކާރުން ސިޓީ ކައުންސިލްގެ އެއްވެސް ކަމަކަށް އެބާރުލުންވެސް ނުދޭކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ފަހަތަށް ޖެހުމެއްނެތި ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރަމުންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ފަރުވާކުޑަކަމާއި ނެގްލިޖެންސް ހާމަވާ އެތައް ކަމެއް އެބަހުރި ކަމަށާއި އެކަން އެންމެ ބޮޑަށް ހާމަވާނީ ހުޅުމާލޭގެ ދެވަނަ ފޭސްއިންކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އާދައުރަކަށް ސިޓީ ކައުންސިލް އިންތިހާބުވުމަށްފަހު ތަފާތު ވާހަކަތައް ވަނީ ކަންބޮޑުވުންތަކުގެ ގޮތުގައި ރައީސާއި ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ގުޅިފަޅުގައި ޕޯޓު ހަދަން މިސަރުކާރުން ނިންމުމާއި، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާއި ހަވާލުކުރުމަށްވެސް އެކިފަހަރުމަތިން ސިޓީ ކައުންސިލްއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: