ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިން ސްލޮޓުގެ މައްސަލައިގައި ހިމެނެނީ އިދާރީ އޮޅުމެއް: މޭޔަރު

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު / ސަން އޮންލައިން އިންޓަރނޭޝަނަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން ދިމާވެފަ ހުރި އެކި އެކި މައްސަލަތަކާއި ގުޅިގެން އަލުން ގުރުލާން ޖެހޭ ކަމަށާއި އެއީ އެންމެ ނަޒާހާތްތެރި ގޮތްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ޕާކިން ގާޖައަށް އެދި 969 އިން ފޯމު ހުށަހެޅި އެވެ. 10 ސަރަހައްދަކުން ޕާކިން ޒޯން ކުއްޔަށް ދޫކޮށްފައި ވަނީ 350 ކިލޯ އުފުލޭ ޕިކަޕުތަކާއި ކާރު އަދި ވޭނުތަކަށެވެ.

މި ސްލޮޓުތަކަށް ގުރު ނެގުމުގެ ރަސްމިއްޔާތު، މާލެ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލައިވްކޮށް ކުރިޔަށް ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެރޭގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ސްލޮޓަށް ކުރިމަތިލި ހުރިހާ އެންމެންނަށް ސްލިޕް ނަމްބަރެއް ހަވާލު ކުރި ކަމަށެވެ. އަދި ގުރުއަތު ނަގާނީ އެ ސްލިޕް ނަމްބަރުކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ސިޓީ ކައުންސިލުން ބުނީ އެއް އައިޑީ ކާޑު ނަމްބަރުގައި އެއް އުޅަނދަށް ވުރެ ގިނަ ރެޖިސްޓްރީ އޮތުމެވެ. އެހެން ކަމުން މަސްލަހަތަށް ރިއާޔަތްކޮށް ނަމްބަރުތަކެއް ދިނީކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

މީހާގެ އެއްވެސް އިތުރު މައުލޫމާތެއް ނެތް ސްލިޕް ނަމްބަރަކުން ސްލޮޓް ލިބޭ މީހުން ކަނޑައެޅި މައްސަލަ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

“ސަންގު ޓީވީ” އާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ގުރުއަތު ނެގުމުގައި މައްސަލަތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަލުން ގުރުއަތު ނެގުމަށް ނިންމާފައި ވަނީ އެއީ އެންމެ ނަޒާހަތްތެރި ގޮތްކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

މައްސަލައިގައި ކޮރަޕްޝަނަށް މަގުފައިވާ ކަމެއް ނެތް ނަމަވެސް، އޭސީސީން ވެސް ފާހަގަ ކުރީ ބައެއް އިދާރީ މައްސަލަތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. މި މައްސަލަތައް ރަނގަޅު ކުރުމަށް އޭސީސީން ހުށަހެޅުމުން، ކައުންސިލުން ނިންމީ ގުރުލުމުގެ ކަންކަން އަލުން ކުރިޔަށް ގެންދިއުމަށްކަން މޭޔަރު ފާހަގަ ކުރެއްވި އެވެ.

ގުރު ނެގުމުގައި ހުރި ބައެއް ގޯސްތައް ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ބަރާބަރަށް ފައިސާ ދައްކަމުން ދިޔަ މީހުންނަށް އޮޓޯއިން ޖާގަ ލިބޭ ގޮތަށް އޮތް ނަމަވެސް ގުރު ނަގަމުން ދިޔަ ގުޅީފައި އެ މީހުންގެ ނަމްބަރުތައް ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ފުރަތަމަ ދޫކުރި ސްލިޕްތަކުގައި ސްލިޕް ނަންބަރު ޖެހިފައި ނުވާއިރު، އާއްމުންގެ ފަރާތުން އައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެއީ ކަމަށެވެ. އެއީ އިދާރީ ވަރަށް ބޮޑު މައްސަލައެއްކަން މޭޔާރު ފާހަގަ ކުރެއްވި އެވެ.

އަދި އަލުން ގުރުލާއިރު، ފައިސާ ދައްކާ މީހުންގެ ނަންތައް ނުލާ ލިސްޓް އަލުން އިއުލާންކޮށް، އެންމެންނަށް ދައުވަތު ދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މުއިއްޒު ވިދާޅުވީ އެމީހަކު ލައްވާ އެމީހެއްގެ ސްލޮޓް ނަންބަރު ގުޅިއަށް ލާނެކަމަށާއި އަދި އެންމެން ކުރިމަތީގައި ލައިވްކޮށް އަލުން ގުރުނަގާނެކަމަށެވެ.

” މި ކައުންސިލުން ކަންތައް ކުރަނީ ދެފުށް ފެންނަ ގޮތަށް. ކައުންސިލްގެ ހުރިހާ ބައްދަލުވުމެއް ލައިވް ކުރޭ. އެންމެންނަށް ފެންނާނެ ދައްކާ ވާހަކަތަކެއް. ނުބައިކޮށް ކަމެއްކުރުމުގެ ނިޔަތެއް ނެތް ” މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅުގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލާއި ދެކޮޅަށް މި މައްސަލައިގައި އެމްޑީޕީގެ ފަސް ކައުންސިލް މެމްބަރަކު ސޮއިކޮށް ބަޔާނެއް އާއްމު ކުރި އެވެ. މި ބަޔާނުގައި އެމްޑީޕީގެ ފަރާތުން ސޮއި ނުކުރަނީ މައްޗަން ގޯޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ސަމީރު އެކަންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ގުރު ނެގީ ކޮން ހަމައަކުން، ކޮން ގޮތަކުން އިންތިޒާމުކޮށްގެން، ކޮން އިޖުރާޢަތުތަކެއްގެ މައްޗަށް ތަރުތީބުވެގެން ކަން ސާފު ނުވާ ކަމަށެވެ. ގުރު ނެގުމުގެ އިންތިޒާމު ކުރީ އެ މަސައްކަތަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަށައެޅުއްވި ކޮމިޓީއަށް އެނގުމަކާއި ނުލައި އަދި ކޮމިޓީގެ ބައިވެރިވުމެއް ނުވަތަ ލަފައެއް ނެތި ޑެޕިއުޓީ މޭޔަރު ނަރީޝްކަމަށް އެ ބަޔާނުގައި ވެއެވެ. އެ ވާހަކަތައް ދޮގުކޮށް، ޕީޕީއެމަސް ނިސްބަތްވާ ކައުންސިލަރުން ވެސް ބަޔާނެއް އާއްމު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: