ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަން ގެއްލޭއިރު އަޅާނުލާ ހުރުމުން ދޭހަވަނީ އެބައެއްގެ ފިނޑިކަން: މުންދު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުޙައްމަދު ހުސެއިން ރަޝީދު / އަވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާ ކޮންމެ ވެރިއެއްގެ ވެސް ފުރިހަމަ ޒިންމާއަކަށް ވާން ޖެހޭނީ ގައުމުގެ މިނިވަންކަން ދިފާއު ކުރުންކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް މުޙައްމަދު ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

“މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތައް ވަރުގަދަކޮށް، ރާއްޖޭގެ ރަށްތަކަށް ވެސް ކެމްޕެއިން ވަނީ ފުޅާކޮށްފަ އެވެ. ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ހިތްވަރުގަދަ ކެރޭ ލީޑަރެއްކަން މިއަދު ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެ ކަމަށެވެ. ރާއްޖޭގެ މިނިވަންކަން ބަޔަކު ނިގުޅައިގަންނަ މަންޒަރު ބަލަން ނުހުރެ، ރައީސް ޔާމީން އެކަމާއި ދެކޮޅަށް އަޑުއުފުލާ މަންޒަރު ފެނި ފަހުރުވެރިވާކަމަށް މުންދު ވިދާޅުވި އެވެ.

އަވައްޓެރި އިންޑިއާ އާއި ރާއްޖެ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލައި އޭގެ ދަށުން އިންޑިއާއިން ރާއްޖެއަށް ނުފޫޒުތަކެއް ފޯރުވަމުން ދާކަމަށް ބުނި ނަމަވެސް ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ޚާރިޖީ ގުޅުވުންތަކާއި ގުޅުވައި އެފަދަ ވާހަކަތައް ދެއްކުން އެއީ އެ ގައުމުގައި އުޅޭ ދިވެހިންނަށް ވެސް އަތުވެދާނެ ނުރައްކަލެއް ކަމަށެވެ. ރައީސް ޔާމީން “އިންޑިއާ އައުޓް” ކެމްޕެއިނުގައި ހަރަކާތްތެރިވާން ފެށުމުން ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީގެ މެމްބަރުންތައް އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރުމުން ދޭހަވަނީ އެމީހުންގެ ފިނިޑިކަން ހުރި މިންވަރުކަމަށް މުންދު ވިދާޅުވި އެވެ. އަދި ދިވެހި ގައުމުގެ މިނިވަންކަމުގެ ހައްގުގައި އާއި، މުސްތަގުބަލަށް ވިސްނައި ދިވެހި ރައްޔިތުންނަށްޓަކައި ދިވެހިރާއްޖޭގެ ދިދަ އުފުއްލަވައި އެއްވެސް ބައެއްގެ ނުފޫޒު މި ގައުމުގައި އޮވެގެން ނުވާނެކަމަށް ރައީސް ޔާމީން ހަރު އަޑުން ގޮވާލުމުން ދޭހަވަނީ ރައީސް ޔާމީންގެ އިހުލާސްތެރިކަން ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތަށް ގެއްލުންވާފަދަ އަމަލެއް ހިންގުން އެއީ އެއްވެސް ސަރުކާރެއް ނުވަތަ ލީޑަރަކަށް ކުރެވިގެންވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހިދުމަތްކުރަން ޖެހޭނީ ދިވެހި ރައްޔިތުންގެ ހައްގުގަ. އަޅުގަނޑުމެންގެ ރާއްޖޭގެ ދާހިލީ ކަންތައްތަކަށައި ސިޔާސީ ކަންކަމަށް ނުބައްދަލު މިންވަރަކަށް ނުފޫޒު އިންޑިއާ ސަރުކާރުން ފޯރުވަން ފެށީވެސް ހަގީގަތުގައި ރައީސް ނަޝީދުގެ ސަބަބުން. އެބޭފުޅާ އިދިކޮޅު ނުވަތަ ވާދަވެރި ޕާޓީއެއްގެ ގޮތުގައި އެންޑީޕީ އޮތްއިރު އިންޑިއާ އަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭގައި ހަގީގަތް އޮންނަ މިންވަރު އެކަށީގެނަވާ ވަރަށް ނުބަލާ ނުވަތަ އެބޭފުޅުން ދެއްކެވި ވާހަކައަކީ ތެދު ހަގީގަތެއްކަން ގަބޫލުކޮށްގެން އިންޑިއާގެ ސިޔާޔަތުތައް ބައްޓަންކުރެވިގެން ނޫނީ ބަދަލުވެގެން އައި އައުމުން ގައުމު މިހާ ހިސާބަށް މިއައީ” މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަވްތާ ބަޔަކު މި ގައުމުގައި އެއްވެސް ސިފައެއްގައި ތިބުން ދެކޮޅު ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ދައުލަތެއްގެ މައްޗަށް ލާޒިމުވެގެން ވާކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ އެކަމަށް ފަރުވާކުޑަ ކުރުން ނުވަތަ އެނގިތިބެ ގަސްތުގައި އަޅާނުލުން ނުވަތަ ނުފޫޒަށް ޖާގަ ދިނުމަކީ ގައުމަށް ޣައްދާރު ވުން ކަމަށެވެ.

އިންޑިއާއިން މިހާބޮޑަށް ރާއްޖެ އިގްތިސޯދީ ގޮތުން މުށުތެރެއަށް ލީވެސް އެމްޑީޕީން އިދިކޮޅުގައި އޮވެ ދިން ދައުވަތުތަކެއްގެ ސަބަބުންކަމަށް މުންދު ވިދާޅުވި އެވެ. ރައީސް ޔަމީން ޗައިނާއަށް ދިވެހިރާއްޖޭގެ ފަޅުތަކާއި ރައްތައް ވިއްކާފައިވާކަމަށް ބުނެ ގޮވައި، ރާއްޖޭގެ ފަތުރުރުވެރިކަން ބޮއިކޮޓު ކުރުމަށް ގޮވާލި މަންޒަރު ވެސް ފެނުނުކަމަށް މުންދު ވިދާޅުވި އެވެ. ޗައިނާއާއި ދެކޮޅަށް ބަސް ބުނާނަމަ ހަތިޔާރަކީ އިންޑިއާއަށް ހަދައި، އިންޑިއާގެ މުށުގެ ތެރެއަށް ވެއްޓުނު ބަޔަކީ އެމްޑީޕީކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ.

ޗައިނާއާއި އެކު އެފަދަ އެއްބަސްވުންތަކެއް ރައީސް ޔާމީންގެ ސަރުކާރުން ހެއްދެވިނަމަ ސަރުކާރަށް ވީ ތިން އަހަރުގެ ތެރޭގައި އެ ލިޔުންތައް މީޑިއާތަކާއި ހަމައަށް ގެނެސް ނުދެވެން ވީ ސަބަބެއް ނެތްކަން މުންދު ފާހަގަ ކުރެއްވި އެވެ. އެއީ ވެރިކަމަށް އައުމަށް ބޭނުން ކުރި އުކުޅުތަކެއްކަން މިއަދު ސާފުވާކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުން މިނިވަންކަމަށް ބުރުއަރާފަދަ ގޮތަކަށް ނިންމި އެއްވެސް ނިންމުމެއް މި ސަރުކާރަށް ނުވަތަ އެމްޑީޕީގެ އިސް ބަޔަކަށް ނުދެއްކާނެކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ޗައިނާގެ މަނަވަރުތަކާއި ބޯޓުތައް ރާއްޖޭގައި ހަރަކާތްތެރިވިކަމަށް ބުނެ ވެސް އެމްޑީޕީން ވާހަކަ ދެއްކި ކަމަށެވެ. ފްރީ ޓްރޭޑު އެގްރިމެންޓަކީ އޮޅުވާލުމެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކި ބަޔަކު ވެރިކަމަށް އައިސް އޭއިން އެއްވެސް މައުލޫމާތެއް ނޫސްވެރިންނަށް ދެވުނުތޯ މުންދު ސުވާލު އުފެއްދެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: