ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ގޮވާލައިފިއެވެ.

ރިޔާސީ އިންތިހާބު ފަސް ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައި މިވަނީ ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު މިވަގުތު ގެއްލިފައި ވާތީއެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. އެހެން ކަމުން  ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ރައީސް ޔާމީން އަށް އިންސާފް ލިބެންދެން ރިޔާސީ އިންތިހާބް ފަސް ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވާއިރު ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙް ބަލިކުރުމަށް ޕީޕީއެމް، ޕީއެންސީން ދަނީ “ދަ ޑިމޮކްރެޓްސް” އާއި އެހެން ސިޔާސީ ޕާޓީތަކާއި ވެސް މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މަޝްވަރާތަކުން އަލިމަގެއް ފެނިފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެއެވެ. އަދި ފޯމް ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ކެނޑިޑޭޓުން ލިބޭނެއެވެ. އެ މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ނުކުރި ނަމަވެސް ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމް އިލެކްޝަންސްއަށް ހުށަހެޅުމަށް ޕީޕީއެމްއިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: